ބްރޮޑްކޮމްގެ އައިޓީ އޮފިސަރު ސަސްޕެންޑު ކުރީ އިދާރީ ގޮތުން 7 ދުވަހަށް / މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ހަބަރު
ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައިގެ ތަހުލީލަށް ސުވާލު އުފެދޭ ކަންކަން ފާހަގަވެ އައިޓީ އޮފިސަރު ސަސްޕެންޑް!
Mariyam Isaadha
މަރިޔަމް އިސާދާ
22 މޭ 2025
މާލެ ސިޓީ

މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަންގެ ސާވާއަށް މިއަދު ކުއްލިއަކަށް މައްސަލައެއް ދިމާވެ ފުލުހުން ކުރި ތަހުލީލުން ސުވާލު އުފެދޭ ކަންކަން ފާހަގަވެފައިވާތީ އެ ކޮމިޝަންގެ އިންފޯމޭޝަން ޓެކްނޮލޮޖީ އޮފިސަރު ސަސްޕެންޑްކުރުމަށް ނިންމައިފިއެވެ.

ބްރޮޑްކޮމްގެ ސާވާގައި ދިމާވި މައްސަލަ ހައްލު ކުރުމަށް އެ ކޮމިޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވެއެވެ.

ކޮމިޝަންގެ އެދުމުގެ މަތިން ފުލުހުންގެ އިދާރާގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން އެ ކޮމިޝަނަށް ވަދެ ބެލި ބެލުމުން ސުވާލު އުފެދޭ ކަންކަން ފާހަގަވެފައިވެއެވެ.

އެގޮތުން ފުލުހުންގެ ތަހުލީލަށް ސުވާލު އުފެދޭ ބައެއް ކަންކަން ފާހަގަވެފައިވާތީ އެ ކޮމިޝަންގެ އިންފޯމޭޝަން ޓެކްނޮލޮޖީ އޮފިސަރު އަހްމަދު ފަޒީލް ސަސްޕެންޑްކުރުމަށް ކޮމިޝަނަށް ވަނީ ނިންމާފައެވެ.

އެގޮތުން މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ފަޒީލު ސަސްޕެންޑްކުރުމަށް ނިންމާފައިވަނީ މަސައްކަތުގެ 7 ދުވަހަށެވެ.

ތޭރަ އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސާވާގެ ހުރިހާ ކަރަންޓު ކޭބަލްތަކެއް ހުރި އަން ޕްލަގުކޮށްފައެވެ.

ފަޒީލު ސަސްޕެންޑްކޮށްފައިވާއިރު އެ ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާވެސް ވަނީ މީގެ ކުރިން ސަސްޕެންޑްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved