theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑޮަލަރު / ސޯޝަލް މީޑިއާ
ވިޔަފާރި, ހަބަރު
ބާޒާރުގައި ޑޮލަރު އަގު ހިފެހެއްޓުމެއް ނެތި އުފުލެނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 މޭ 2025
މާލެ ސިޓީ

ޑޮލަރުގެ އަގު ތިރިއަށްދާނެ ކަމަށް ސަރުކާރުން ބުނިތާ އެތައް މަހެއް ވެގެން ދިޔައިރު ވެސް ޑޮލަރު އަގު ތިރިނުވެ، ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 20ރ. އަށް އުފުލިއްޖެ އެވެ.

ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ވެސް ޑޮލަރެއް ލިބެން ހުރީ 20.00ރ. އަށެވެ. އަދި ކުރިއަށް އޮތް ހައްޖު މޫސުމާ ބޮޑު އީދު ބަންދާ ދިމާކޮށް ޑޮލަރުގެ އަގު 20 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.

ޑޮލަރުގެ އަގު އުފުލިފައި މިވަނީ ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓް މަރުކަޒީ ބޭންކް -- އެމްއެމްއޭއަށް ނަގާ ގޮތަށް ހަމަޖައްސައި އެކަން އެމްއެމްއޭ އިން ވަނީ ބޭންކްތަކަށް އަންގާފައި ވަނިކޮށެވެ.

ޑޮލަރުގެ ކާލު ބާޒާރު ހީނަރުވާކަމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިފަހުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށް 150 މިލިއަން އެމެރިކާ ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ކުރިއާ އަޅާބަލާއިރު އުންމީދު ނުކުރާފަދަ ކުރިއެރުމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައި އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެ ބަދަލު ގެނެވިފައިނުވެ އެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ޑޮލަރުުގެ މުއާމަލާތް ހިންގަނީ އަބަދުވެސް ކަޅު ބާޒާރުގަ އެވެ.

ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރިން ބުނަމުން ދިޔަ ނަމަވެސް، އޭރު ވެސް ވިޔަފާރިވެރިން ބުނަމުން ދިޔައީ ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ.


ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved