March 29, 2026
Advertisement
ރައީސް މުއިއްޒު ރަށެއްގައި އޭޓީއެމް ހުޅުވާދެއްވަނީ
ރައީސް މުއިއްޒު ރަށެއްގައި އޭޓީއެމް ހުޅުވާދެއްވަނީ / ރައީސް އޮފިސް

ރައީސް ހެދީ ދޮގު، އަތަކަށް ޑޮލަރެއް ނުލިބޭ: ވިޔަފާރިވެރިން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 20, 2025, 10:14 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ހެދީ ދޮގު ކަމަށާ އެމަނިކުފާނު އެ ވިދާޅުވާ އުސޫލުން ވިޔަފާރިވެރިންގެ އަތަށް ޑޮލަރު ނުލިބޭ ކަމަށް އެ ވިޔަފާރިން ހާމަކޮށްފިއެވެ.

Advertisement

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އެދާއިރާގައި އުޅުއްވާ ފަރާތްތަކަށް ޑޮލަރު ވަކި އަދަދަކަށް ބެންކަށް މާރުކުރުމަށް މަޖުބޫރުކޮށް އެކުލަވާލި ސިޔާސަތު ނިންމައި ގާނޫނެއް ހަދައި ތަންފީޒު ކުރެއްވީ ރައްޔިތުންނަށްޓަކައިކަމަށް ވިދާޅުވެ ނަތީޖާއެއްގެ ގޮތުން އޭގެ ނަފާ މިހާރު ރައްޔިތުންނަށް ލިބެމުންދާ ކަމަށާއި ވިޔަފާރިވެރިން ރާއްޖެއިން ބޭރުން އެއްޗެހި ގަތުމަށް ޑޮލަރު ކުރީގައި ނުލިބޭ އަދަދަށް އެތައް ގުނައަކުން އިތުރަށް ބެންކުތަކުން ދޫކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މި ވާހަކަތަކަށް ރައްދު ދީ ދިވެހި ބައެއް ވިޔަފާރިވެރިން ވަނީ ޗެނަލް13އަށް އިންޓަރދީފައެވެ. އެގޮތުން ބައެއް ވިޔަފާރިވެރިން ހާމަކުރި ގޮތުގައި، މުދާ ގެންނަ އިންވޮއިސްގެ %70 ޑޮލަރު ކަޅު ބާޒާރުގައި ގަނެ ބޭންކަށް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ބޭރަށް ފައިސާ ފޮނުވަން ބޭންއިން ޓީޓީ ހަދަން އެދުމުން ބޭންކުން ބުނަނީ މުދާ ގަންނަން ގެންދާ އިންވޮއިސްގެ %70 ޕަސެންޓު ޑޮލަރު އަމިއްލައަށް ގެންނަން ކަމަށާ އެ ޑޮލަރު ވިޔަފާރިވެރިން ގަންނަން ޖެހެނީ ކަޅު ބާޒާރުގައި ކަމަށެވެ. އަދި މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 19 ރުފިޔާ އާ 20 ރުފިޔާއާ ދެމެދުގައިކަން ވެސް އެ ވިޔަފާރިވެރިން ފާހަގަކޮށްފައެވެވެ.

މީގެ އިތުރުން މުޅި އިނވޮއިސްގެ %30 ޑޮލަރުވެސް ބޭންކުން ދެނީ ބައެއް ފަހަރުކަމަށާ ގިނަފަހަރު އެ މިންވަރުވެސް ވިޔަފާރިވެރިންނަށް ބޭންކުން ނުދޭ ކަމަށް އެ ވިޔަފާރިވެރިން ކިޔައިދީފައިވެއެވެ. އެހެންކަމުން ރައީސް މުއިއްޒު އެ ވުދާޅުވާ ފަދައިން ޑޮލަރު ވިޔަފާރިވެރިން އަތަށް ނުލިބޭ ކަމަށާ އެ ޑޮލަރު ކޮޅުވެސް ޓްރާސްނފަރ ކޮށޤދެނީ ބޭރުން މުދާ ވިއްކާ ކުންފުންޏަށް ކަމަށްވެސް އެ ވިޔަފާރިވެރިން ހާމަކޮށްފައެވެ.

އެހެންކަމުން ވިޔަފާރިވެރިންނަށް ބޭންކުން ހެސް ކިޔާފައި ޑޮލަރު ބޭންކު ރޭޓުން ދޫކުރާކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާ، ވިޔަފާރިވެރިން ތަކެތީގެ އަގު ބޮޑު ކުރަނީ ގަސްތުގައި ސިޔާސީ މަންފާ ހޯދަން ކަމަށް ބުނެ ރައީސް މުއިއްޒު ދޮގު ހަދާ ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް އެ ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved