March 29, 2026
Advertisement
ޑޮލަރު އަގު ތިރި ނުވެ 20 ރުފިޔާގައި ހުންނަތާ 2 މަސް ދުވަސް!
ޑޮލަރު އަގު ތިރި ނުވެ 20 ރުފިޔާގައި ހުންނަތާ 2 މަސް ދުވަސް! / ސޯޝަލް މީޑިއާ

ޑޮލަރު އަގު ތިރި ނުވެ 20 ރުފިޔާގައި ހުންނަތާ 2 މަސް ދުވަސް!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 30, 2025, 11:26 PM
މާލެ ސިޓީ

ޑޮލަރުގެ އަގު މައްޗަސް ނުދާނެ ކަމަށާ ހުންނާނީ ހިފެހެއްޓިފައި ކަމަށް ވިދާޅުވި ރައީސްގެ ވެރިކަމުގައި ޑޮލަރުގެ އަގު މައްޗަށް ޖެހި 20 ރުފިޔާގައި ހުންނަތާ ދެ މަސް ދުވަސް ވެއްޖެއެވެ.

Advertisement

ސަރުކާރުގެ ސިޔާސަތުތައް ދޯހަޅިވެ ދުވަހަކުވެސް ރާއްޖޭގައި ޑޮލަރު އަގު މައްޗަށް ނުޖެހޭ މިންވަރަށް ޖެހި 20 ރުފިޔާއިން މަތީގައި ޑޮލަރުގެ އަގު ހުންނަން ފެށީ ޖުލައި މަހުން ފެށިގެންނެވެ. މިހާރު ޑޮލަރުގެ ވިޔަފާރި ކުރާ ތަންތަނުން ޑޮލަރު ގަންނަނީ 19ރ. އިން ފެށިގެންނެވެ. އަދި ވިއްކަނީ 20 ރ. އިން މަތިންނެވެ.

ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކަރަން މަޖުބޫރުކޮށް ހެދި ގާނޫނު ތަންފީޒުކުރަން ފެށީ ޑޮލަރުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ބުނެ ނަމަވެސް އޭގެ ފަހުން ރާއްޖޭގައި ޑޮލަރުގެ އަގު މަތިވެ ކޮވިޑުގެ ތެރޭގައިވެސް ނުދާހާ މައްޗަށް ޑޮލަރުގެ އަގު ވަނީ ޖެހިފައެވެ. އެގޮތުން މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި ހިފެހެއްޓިފައި ހުރި މުއްދަތުކަން ފާހަގަކޮށްލެވެއެވެ.


ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއަށް ފަހު ޑޮލަރުގެ އަގު ދަށް ނުވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގައި މުދަލުގެ އަގުތައް ވެސް ދަނީ ބޮޑުވަމުންނެވެ.

ކުރިއަށް އޮތީ ރާއްޖޭގެ ޓޫރިޒަމްގެ އޮފް މާކެޓް ކަމުން ޑޮލަރުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ޑޮލަރުގެ އަގު އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved