March 17, 2026
Advertisement
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް / މާލެ ސިޓީ ކައުންސިލް

މިސަރުކާރަކީ ކަންނެތް ސަރުކާރެއް ކަމުގައި މޭޔަރު އާޒިމް ވިދާޅުވެއްޖެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 22, 2025, 08:03 PM
މާލެ ސިޓީ

މިސަރުކާރަކީ ކަންނެތް ސަރުކާރެއް ކަމުގައި މޭޔަރު އާޒިމް ވިދާޅުވެއްޖެ އެވެ.

Advertisement

މި ސަރުކާރުގެ ކަންނެތްކަން ފާހަގަކޮށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އާރްޓީއެލް ފެރީގެ ޚިދުމަތްވެސް ރަނގަޅަށް ގާއިމްނުކުރެވޭ ކަމަށެވެ.

ރާއްޖެ ޓީވީ ގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި، މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކޮށް ގާއިމް ކުރަންޖެހޭނެ ކަމުގައެވެ.

އާރްޓީއެލް ގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ބޭނުން ތެރި ހިދުމަތެއް ކަމުގަޔާއި މިހިރުމަތަކީ މުޅި ދިވެހި ރާއްޖެ އެއް ސޮފްޓްވެއާރ އަކުން ގުޅާލައިފައި ވާ ހިދުމަތެއް ކަމުގައިވެސް އެބޭފުޅާ ވަނީ ފާހަގަކޮށްފަ އެވެ.

މިފަދަ ބޮޑެތި މަސައްކަތްތަކަކީ މެއިންޓެއިންކޮށް ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަމެއްކަމުގައި ވިދާޅުވެ އެބެފުޅާ ވިދާޅުވީ, މެއިންޓެއިން ކުރުމަކީ ބޮޑު މަސައްކަތެއް ކަމަށާއި، މިމަސައްކަތް ކުރެވޭނީ ވަރަށް މުރާލި ވެގެން ކަމަށް ވިދާޅުވެފައިވެ އެވެ.

ކަންނެތް ސަރުކާރަކަށް މި ޚިދުމަތް ފުޅާކޮށް، މެއިންޓެއިން ނުކުރެވޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވެފައި ވެއެވެ. އަދި މިޔާއި އެކު މިވަގުތު މި ހިދުމަތް މެއިންޓެއިން ކުރުމަކީ ވެސް މިސަރުކާރުގެ ޒިންމާއެއް ކަމުގައި ބުނެފައި ވެއެވެ.

މީގެ ކުރީގެ ސަރުކާރުތަކުގައި އާރްޓީއެލް ފެރީގެ ޚިދުމަތަށް ވަރަށް ރަނގަޅަށް ދެމުން އައި ނަމަވެސް މިސަރުކާރުން ވަރަށް ބޮޑަށް ވަނީ އިހުމާލުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved