theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހ.ފެންޓެނޯއީ / ސޯޝަލް މީޑިއާ
ހަބަރު
ޔުމްނު މައްސަލައިގައި ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭކަމަށް ފުލުހުން ބުނެފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
22 މޭ 2025
މާލެ ސިޓީ

މިދހިޔަމަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ގެ މައްސަލައިގައި ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔުމްނުއާއި ސުވާލު ކުރުމުގެ އިންތިޒާމު އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ކަމަށާއި އެގޮތުން އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން 2 ފުލުހުން މެލޭޝިއާގައި ތިބި ކަމަށެވެ. އަދި އެގެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ފުލުހުން ބުނީ މިއަދާ ހަމައަށް ތަކުރާރުކޮށް މުއާމަލާތު ކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާ ކޮށްފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި މިއަދާއި ހަމަޔަށް ތިބިކަމުގައި ވިޔަސް، އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އެންމެ ފަހުން އުޅުނުކަމަށް ބެލެވޭ, ގ.އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް, ފުލުހުންގެ ބަންދުގައި ގިނަ ދުވަސްތަކެއް ބެއިންދުމަށް ފަހުގައި މިއަދު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ފުލުހުން މިފަދައިން ބުނެފައިވާއިރު ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށާއި، ފުލުހުން އާންމުކުރި ސީސީޓީވީއަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވެ އެވެ.

މި ހާދިސާގައާއި ގުޅިގެން ޔުމްނު އަށް ފަރުވާ ދެނުމަށްޓަކައި ފުރަތަމަ ގެންގޮސްފައިވަނީ އައިޖީއެމްއެޗަށެވެ. އެއަށްފަހު އިތުރު ފަރުވާއަށް އޭނާ ވަނީ މެލޭޝިއާއަށް ގެންގޮސްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved