March 20, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

އަސާސީ ހައްގުތައް ކަށަވަރު ނުކުރެވޭ، ނަމަވެސް ސިޔާސީ މުވައްޒަފުން ވަނީ ގިނަ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
May 23, 2025, 02:56 AM
މާލެ ސިޓީ

ރައްޔިތުން މިއަދު ތިބީ އަސާސީ ހައްގުތަކުން މަހްރޫމުވެފައި ނަމަވެސް ސިޔާސީ މުވައްޒަފުން އިތުރުކުރަމުން ގެންދާތީ ރައީސް އަބްދުﷲ ޔާމީން ނުރުހުން ފާޅުކުރައްވައިފިއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފްގެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އަސާސީ ބޭސް ފަރުވާއިން ރައްޔިތުން މަހްރޫމުކޮށްފައިވާ ކަމަށާ އެގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެ އާންމު ބޭސްތައް މިހާރު ގިނަ ވިޔަފާރިވެރިން އެތެރެ ވެސް ނުކުރާ ކަމަށާ އަދި ސްޓޮކުގައި ހުރި ނަމަވެސް އާސަންދައިގެ ދަށުން ދޫނުކުރަނީ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އާސަންދައިންގެ ދަށުން ރައްޔިތުންނަށް ބޭސް ދުކުރުވުމަށް ފަހު ސަރުކާރުން އެ ފާމަސީތަކަށް އެ އަދަދުތައް ރީ-އެމްބާސް ނުކުރާ ނުކުރުމުގެ ސަބަބުން އެ ވިޔަފާރިވެރިންނަށް ލިބޭ ގެއްލުން ފޫނުބެއްދޭތީ މިހާރު ބޭސް ވިޔަފާރިވެރިން ދަނީ އާސަންދައިގެ ދަށުން ބޭސް ދުކުރުމަށް އުޒުރުވެރިވަމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ކަންކަން މި ބީދައިން ހުރި އިރު ރައްޔިތުންގެ ސިއްހަތާ ގުޅުން ހުރި މިފަދަ މުހިއްމު ކަންކަން ފުރިހަމަ ކުރުމުގެ ބަދަލުގައި ނުވަތަ އެކަންކަމަށް ހައްލު ހޯދުމުގެ ބަދަލުގައި އަދިވެސް ސަރުކާރުން ގެންދަނީ ސިޔާސީ މުވައްޒަފުން އިތުރުކުރަމުން ކަން ފާހަގަކުރައްވާފައެވެ.

ބައެއް ބޭސް ހުއްޓަސް ދޭން ބޭނުން ނުވަނީ އާސަންދަ ސިޓީ ހިފައިގެން އައިމަ. އެއީ އެއަކަށް ރީއެމްބާސްމަންޓެއް ނުލިބޭ. 6 7 ދާއިރުވެސް. އާސަންދައިން ބޭސް ނުލިބޭ. އާސަންދައިގައި ފައިސާއެއް ނުހުރޭ. ހޭނައްތަން ބޭނުންވާ މުހިއްމު ބޭސްތަކެއް ނުލިބޭ. އެކަމު އަދިވެސް ސިޔާސީ މަގާމު އިތުރުވަނީ. މަޖިލިސް މެމްބަރުން އެއްވެސް ކަމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވާކަށް ބޭނުމެއް ނުވޭ.

ރައީސް ޔާމީން

އިންޑިއާ ބޭސް ރާއްޖެއަށް ގެނެސް މުޅި ގައުމު ފްލަޑް ކުރީ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުންގެ ބެލުމުގެ ދަށުން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކޮލިޓީ ދަށް ބޭސް އެތެރެ ކުރުން ނިމުމަކަށް ގެންނަވާ ޔޫރަޕުން ބޭސް އެތެރެ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުން ފުރިހަމަ ނުކުރައްވާ އަނެއްކާވެސް ބޭސް އެތެރެ ކުރަން ސޮއިކުރެއްވީ އިންޑިއާ މީހަކާ އެކު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved