

ފުލުހުންގެ ތަރުޖަމާނުކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އައްޔަންކޮށްފިއެވެ.
ފުލުހުން އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޝިފާން އެ މަގާމަށް އައްޔަންކޮށްފައިވަނީ މިހާރު އަދާކުރަމުންދާ އޮފީސް އޮފް ދަ ކޮމިޝަނަރ ގެ ހެޑްގެ މަގާމުގެ އިތުރުން ކަަމަށެވެ.
ޝިފާން ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑުކަމާއި ކުރީގެ ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދުގެ ތަރުޖަމާނު ކަމާއި ޕޮލިސްގެ ސްޓްރެޓަޖީ އެންޑް ލީގަލް ޑިޕާޓްމަންޓްގެ ހެޑުކަން ވެސް މީގެ ކުރިން ކުރައްވައިފަ އެވެ.
ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ޝިފާން ވަނީ ފުލުހުންގެ ތަރުޖަމާނުކަން ކުރައްވައިފައެވެ. އޭނާ އެ މަގާމުން ވަކިކުރުމަށް ފަހު އެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އިޒްމިޔާ ޒާހިރު އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.