April 17, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ކުރީސަރުކާރު ކިޔުމުގެ ބަދަލުގައި މިސަރުކާރުން ކޮށްދެވުނު ކަމަކީ ކޮބައިތޯ ބަލާލަން ޖެހޭ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 23, 2025, 03:52 AM
މާލެ ސިޓީ

ކުރީސަރުކާރު ކިޔުމުގެ ބަދަލުގައި މިސަރުކާރުން ކޮށްދެވުނު ކަމަކީ ކޮބައިތޯ ބަލާލަން ޖެހޭ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަނެ ރައްޔިތުންނަށް ކަންތައްތައް ރަނގަޅު ކުރުމަށް އައި ސަރުކާރަކަށް ވާއިރު މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެވުނީ ކޮން ކަމެއް ތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

އެންމެ މުހިންމު ކަމަކަށް ބަލާއިރު، ސިއްހީ ދާއިރާއިން ރައްޔިތުންނަށް ލިބެން ޖެހޭ އެއްވެސް ހައްގެއް މިއަދު އެއްވެސް ދިވެހި ރައްޔިތަކަށް ނުލިބޭ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރަނގަޅު ހިދުމަތެއް ހޮސްޕިޓަލުތަކުން ނުދެވޭ އިރު މިއަދު އާސަންދައިން ބޭސް ސިޓީތަކަށް ބޭސް ނުލިބުމާއި ރައްޔިތުންނަށް ހިދުމަތް ދޭނޭ ރަނގަޅު ޑޮކްޓަރުން ތަމްރީނު ނުކުރެވޭ ކަމަކީ ވެސް މިއަދު ކަންބޮޑުވާން ޖެހޭ ކަމެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ބައެއް ބޭސް ހުއްޓަސް ދޭން ބޭނުން ނުވަނީ އާސަންދަ ސިޓީ ހިފައިގެންއައިމަ އެއީ އެޔަކަށް ރީ އެމްބާސްމެންޓްއެއް ނުލިބޭ! އެލާރިއެއް އަނބުރާ ނުދައްކާ ހަމަށް ހަތްމަސް އަށްމަސް ލާރިއެއް ނުދައްކާދެން މިހާރު ބައެއް މީހުން މިކަން ކުރާ ގޮތަކީ އެބޭސް ނުވެސް ގެން ނަނީ އެސްޓީއޯ އިން ވެސް ނުގެންނަނީއެހެން ތަނަކުން ވެސް ނުގެންނަނީ

ރައީސް ޔާމީން

ރަށް ރަށުގައި ތިއްބެވި ރައްޔިތުންނަށް ލިބެންޖެހޭ ބޭސްފަރުވާގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބެން ޖެހޭނެ ކަމަށާއި އަދި މިކަންތައް ތަކަކީ ހަމައެކަނި މާލޭގައި އޮންނަން ޖެހޭ ކަމެއް ނޫން ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދިވެހި ރައްޔިތުންނަށް ލިބެމުން ދިޔަ ހިލޭ ބޭސްފަރުވާ ރައްޔިތުންނަށް މިއަދުވެސް ލިބެން ޖެހޭ ކަމަށާ އެހެން ކަމުން މިސަރުކާރުން ކޮށްދެވުނީ ކޮން ކަމެއްތޯ ވިސްނާލަން ވަރަށް މުހިންމު ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved