March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ކަމެއް ކުރަން ނޭގެންޏާ އެންމެ ކުޑަމިނުން ކޮށްފައޮތް ކަމެއް ދެމެހެއްޓޭތޯ ބަލަން ވާނެ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 23, 2025, 05:10 PM
މާލެ ސިޓީ

ކަމެއް ކުރަން ނޭގެންޏާ އެންމެ ކުޑަމިނުން ކޮށްފައޮތް ކަމެއް ދެމެހެއްޓޭތޯ ބަލަން ވާނެކަމުގައި ރައިސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރޭ ޕީއެންއެފްގެ ފްރޮްންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ހަރަދު ކޮއްގެން ރައްޔިތުންނަށް ޓަކައި ތަމްރީނު ކޮށްގެން ގެނައި ޑޮކްޓަރުންގެ ބޮންޑު އުވާލުމަކީ ކޮއްގެން ވާނެ ކަމެއް ނޫން ކަމަަށެވެ.

ދިވެރައްޔިތުންގެ ފައިސާގައި ރާއްޖެއިން ބޭރުން މި ޑޮކްޓަރުން ތަމްރީނު ކޮއްގެން ގެނައީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވަން ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާާޅުވެފަ އެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެއިން ބޭރުން ތަމްރީނު ދީގެން ގެނައީ 67 ޑޮކްޓަރުން އޭރު އަޅުގަނޑުމެން ވަކިވެގެން ދިޔައިރު އިބްރާހިމް މުހަންމަދު ސޯލިހު ވެރިކަމާއި ހަމަ ހަވާލުވެ ފުރަތަމައިނުން ވެސް އެމީހުން ނާއި އެކީ އޮތް ކޮންޓްރެކްޓް އުވާލީ ބޮންޑު އުވާލީ، އަޅުގަނޑު މެންނަށް އެގުނީ އަހަރެން ހާދުވަހު ތެރޭގައި އަދަދު ތިރިވެގެންދިޔައީ..

ރައީސް ޔާމީން

ސަރުކާރުން ތަމްރީނު ކުރި މި 67 ޑޮކްޓަރުން ގެ ތެރެއިން މިވަގުތު ތިބީ އެންމެ 10 ޑޮކްޓަރުން ކަމުގައިވެސް އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ.

ދިވެހި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެންމެ ރަނގަޅު ފެންވަރުގައި ސިއްހީ ހިދުމަތްލިބުމާއި، ރަނގަޅު ޑޮކްޓަރުން ތިބުމަކީ ދިވެހި ހުރިހާ ރައްޔިތުން މިއަދު ބޭނުން ވާކަމަކަށް ވާއިރު ޑޮކްޓަރުންނަށް އިހުމާލު ވުމަކީ ރައްޔިތުން ނާއި ދޭތެރޭ ނާއިންސާފު ވުން ކަމުގައި ބެލެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved