February 27, 2026
Advertisement
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސައިން
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސައިން / ތޭރަ އޮންލައިން

ރައީސް މުއިއްޒު މިހާރު ހައްދަވަނީ ވަލު ދޮގު: އަލީ ހުސެއިން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 24, 2025, 04:40 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހައްދަވަނީ "ވަލު ދޮގު" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުސެއިން ސިފަ ކުރައްވައިފި އެވެ.

Advertisement

ދައުރު ނޫހުގެ "މޫސާ ލަތީފް" ގެ ޕޮޑްކާސްޓް ގައި ވާހަކަ ދައްކަމުން ގާނޫނީ ވަކީލް އަލީ ވިދާޅުވީ ރައީސް މުއިއްޒު މިހާރު ހައްދަވަނީ ވަލު ދޮގު ކަމަށާއި އެއީ އާދައިގެ ދޮގު ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދަވަނީ ވަލު ދޮގު، އެއީ އިއްތިފާގެއް ނޫން، އަބަދުވެސް ބޮޑުންނަށް ބޮޑު ގޮތް ދެރަ މީހުނަށް ދެރަގޮތް، ހަމަ މޮޅު ސޮޑާ އާއި ދެރަ ސޮޑާ މިތާ އޮންނާނީ

އަލީ ހުސެއިން

އަލީ މިފަދައިން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރައްވަން ޖެހޭ މެންބަރު ބަދަލުކުރެއްވި ފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމާއި ސަސްޕެންޑްކުރި ވަގުތަކީ އިއްތިފާގެއް ކަމަށް މުއިއްޒު ވިދާޅުވުމާއި ގުޅިގެން ނެވެ.

ޖޭއެސްސީއަށް ރައީސް މުއިއްޒު ފުރަތަމަ އައްޔަންކުރައްވަނީ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވަކީލު މުހައްމަދު ސަމީރެވެ.

ނަމަވެސް 23 ފެބްރުއަރީގައި ސަމީރު ވަކިކުރެއްވުމަށް ފަހު، އައްޔަންކުރެއްވީ ޝަރުއީ ދާއިރާގެ ތަޖުރިބާތަކެއް ނެތް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ އެކްޓިވިސްޓެއް ގޮތުގައި އުޅުއްވި ޔަޒްމީދު މުހައްމަދެވެ.

މިކަމާއި ގުޅިގެން މިފަހުން ބޭއްވި ނޫސްވެރިންގެ ދިގު ބައްދަލުވުމުގައި ޖުޑީޝަރީގައި ހިނގަމުން މިދާ ކަންތައްތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާ ކަމަށެވެ. އަދި ވާކަމެއް ވެފައި ހުރީ އިއްތިފާގުން ކަމަށާއި އެގޮތުން (ޖޭއެސްސީ)އަށް ރައީސް މުއިއްޒު އައްޔަންކުރައްވަން ޖެހޭ މެންބަރު ބަދަލުކުރެއްވި ފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމާއި ސަސްޕެންޑްކުރި ވަގުތަކީ އިއްތިފާގެއް ކަމަށެވެ.

ރައީސްގެ މި ވާހަކަ ތަކަށް އަލީ ހުސެއިންގެ އިތުރުން ގާނޫނީ ފަންނުގެ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަވަމުން ނެވެ. އަދި ރައީސް މުއިއްޒު ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ދުނިޔޭގެ ޖަމިއްޔާތަކާއި ރާއްޖޭގެ ޖަމިއްޔާތައް އަދި އދ އިންވެސް ވަނީ ބަޔާން ނެރެފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved