April 24, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ގަވަރނެންސް ސާވިސްއަށް މިސަރުކާރު ބީރައްޓެހި: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 24, 2025, 11:58 PM
މާލެ ސިޓީ

މިސަރުކާރުން ދިވެހި ރާއްޖޭގެ ގަވަރނެންސް ސާވިސްއަށް ބީރައްޓެހި ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަސްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ 2008 ވަނަ އަހަރު ޤާނޫނު އަސާސީ ގެނައުމާއި އެކީގައި ކަޑަ އަޅާފައިވާ އެއް އުސޫލަކީ އެއްމަޤާމަށް ވުރެ ގިނަމަޤާމު އެކަކު އަދާނުކުރުން ކަމުގައެވެ. އެހެން ނަމަވެސް މިއަދު ފެނިގެން މިދަނީ އެ އުސޫލާއި މުޅިން އިދިކޮޅެވެ. މާލެ، ހުޅުމާލެ އަދި ވިލި މާލޭގެ މިތިން ހޮސްޕިޓަލް ތަކާއި ވެސް މިހާރު ހަވާލުވެ ހުރީ ހަމަ އެންމެ ފަރާތެކެވެ.

މާލޭ ސިޓީ ގްރޫޕް ހޮސްޕިޓަލްސް ކިޔާފަ، މާލެ ހުޅުމާލެ ވިލިނގިލި މިހޮސްޕިޓަލްސް ތައް މިހުރިހާތަނެއްގެ ހެޑަކަށް މިހިރީ އެްނމެ މީހަކު، މާލޭ ހޮސްޕިޓަލް އެކަނިވެސް ހެޑް ކުރަން މީނައަށް ނުވެގެން މިދަނީ އިނގޭތޯމިހުރިހާ ހޮސްޕިޓަލްތަކެއް ހެޑްކުރަން އެކަކު އެހެރީ މެނޭޖްމަންޓްގަ ބަހައްޓާފަ، ކިހިނެއް ތޯ އޭނަ އެކަން ކުރަނީ

ރައީސް ޔާމީން

އަޅުގަނޑުމެން މިއަދު ބޭނުން ވަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކުން މާލޭ ހޮސްޕިޓަލް ތަކުން، އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތް ތަކުން ހުޅުމާލެއިން ހިދުމަތް ލިބޭނެފަދަ އިންތިޒާމެއް ރައްޔިތުންނަށް ލިބުން ކަމުގައި ރައިސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ހޮސްޕިޓަލުގެ ހިދުމަތްތައް ކުރިއަށް ދާގޮތާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ދެނެ ގަތުމަށް އެތަނަކާއި ހަވާލުވެ ހުންނެވި އިސް ވެރިޔާ ފިޒިކަލީ އެތަނެއް އިންސްޕެކްޓް ކުރުން މުހިންމު ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
ކޮމެންޓްތައު
އަބްދޫ
May 25, 2025, 03:33 AM
ހެޅްތު މިނިސްޓަރަކަށް ހުންނަނީ ވެސް އެކަކު އެކަމަކު ރާއްޖޭގެ މުޅި ސިއްހީ ނިޒާމް ބަޅަހައްޓަވަނީ އެންމް ބޭފުޅެއް
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved