March 29, 2026
Advertisement
ޑރ. ޖަމީލު
ޑރ. ޖަމީލު / ތޭރަ އޮންލައިން

މާދަމާ ބުނާނީ ރައްޔިތުން ބޭހާއި ނުލާއި އުޅެން: ޑރ. ޖަމީލް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 25, 2025, 01:39 AM
މާލެ ސިޓީ

މިވަރުން ދާނަމަ މުއިއްޒު ސަރުކާރުން ރައްޔިތުންނަށް މާދަމާ އަންގާނީ ބޭހާއި ނުލާއި އުޅެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

2013 ވަނަ އަހަރު ރައިސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވެރިކަމާއި ހަވާލު ވުމަށް ފަހު ދިވެހި ހުރިހާ ރައްޔިތުން އެކަމަކަށް އެންމެ ބޭނުން ވެފައިވާ ކަންތައް ކަމުގައިވާ ބޭސް ފަރުވާގެ ހިދުމަތަށް ވަނީ ވަރަށް ބޮޑު ލުޔެއް ގެނެސް ދެއްވާފަ އެވެ.

އެގޮތުން ދިވެހި ކޮންމެ ރައްޔިތަކަށް ހުސްނުވާ އާސަންދަ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭނެ ގޮތް ކަށަވަރުކޮށް ދީފައި ކަމުގައި ޑރ ޖަމީލް ވަނީ ވިޑާޅުވެފައެވެ އެބޭފުޅާ މިހެން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފީއެންއެފް ފްްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ޖަމީލު ވިދާޅުވީ ރައިސް މުއިޒްޒު ވެރިކަމަށް އައުމަށްފަހު، އެމަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވައުދުތައްވެސް ވަނީ ހަނދާން ނެތިފައި ކަމަށާއި އަދި ރާއްޖޭގެ ސިއްހީ ނިޒާމު މިއަދުވަނީ ވަރަށް ބޮޑު ތަނުން އަޑިއަޅާފައި ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ރައިސް މުއިއްޒު ރައްޔިތުން ނަށް ދައްކަމުން ދަނީ އަވާމެންދުރެއް ކަމުގައި އެވެ.

މިއަދު ބުނަނީ އަހަރެން ހަނދާން އެބަހުއްޓޭ ވައުދުތައް ތަންތަނަށް ގޮއްސަ މިހާރު ވައުދު ނުވާވާހަކައެއް ނުބުނަން ވެގެން ބުނަނީ، ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓޭ މަވައުދު ވީމޭ! ދެން ކިހިނެއް ހަދާނީ މީނައާއި ދޭތެރޭ ދެން! ތިވިދާޅުވީ ބޭހުގެވާހަކަ ދެން ތިވާހަކަދެއްކީމަ މާދަމާ ގޮސް ބުނާނީ ކީކޭ ބޭހާއި ނުލައި އުޅެން ދަސްކުރަން ވެއްޖެއޭ

ޑރ. ޖަމީލް

ރާއްޖޭގެ އެއްވެސް ބޭސްފިހާރައަކުން އެންމެ އާދައިގެ ބޭސްވެސް ނުލިބޭއިރު، ރައްޔިތުން މިހާރު މިތިބީ ވަޒީރު ނަސީރު އަރިހުން ޅެން ފަރުވާއިން ފަރުވާ ހޯދަން ޖެހޭ ހިސާބަށް ގޮސްފައި ކަމުގައި އެބޭފުޅާވަނީ ވިދާޅުވެފަ އެވެ.

ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖެހުމާއި، ރައްޔިތުންގެ އިހުސާސްތަށް އެންމެރަނގަޅަށް ބަލައިގަނެ، ރައިސް ޔާމީން ވަނީ އެމަނިކުފާނުވެރިކަމުގައި މިކަމަށް ހައްލެއް ގެނެސްފައެވެ، ނަމަވެސް މިއަދު އަނެއްކާވެސް ރައްޔިތުން މިތިބީ ބޭސްފަރުވާއަަށް ސަލާން ޖަހާ ހިސާބުގައި ކަމުގައި އެބޭފުޅާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved