ނޫރު / ތޭރަ އޮންލައިން
ސިޔާސީ
ދިވެހި ރާއްޖެއަށް ދިމާވެފައިވާ މައްސަލަ ތަކަށް މިވަގުތު ހައްލެއް ނެތް: ނޫރު
Mariyam Ibrahim
މަރިޔަމް އިބްރާހިމް
25 މޭ 2025
މާލެ ސިޓީ

ދިވެހި ރާއްޖެއަށް ދިމާވެފައިވާ ކަންތައް ތަކަށް މިވަގުތު ހައްލެއް ނެތް ކަމަށް ޕީއެންއެފްގެ ފައުންޑިން މެންބަރެއް ކަމަށްވާ ނޫރުﷲ ސައީދު ވަނީ ވިދާޅުވެފަ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނޫރު ވިދާޅުވީ ދިވެހިރާއްޖެ މިވަގުތު ދިމާވެފައިވާ ސިއްހީ ނިޒާމުގެ މައްސަލަތަކާއި، އާސަންދައިގެ މައްސަލަތަކާއި އަދި އިޤްތިސާދީ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމުގެ އުމްމީދެއް ނެތްކަމަށެވެ.

ރައިސް އަބްދުﷲ ޔާމީން އަބްދު ޤައްޔޫމްގެ ވެރިކަމަށްފަހު މިދާއިރާ ތަކަށް އެއްވެސް ވެރިޔެއްގެ ތަސައްވަރެއް އޮވެ ދަތުރު ކުރާތަނެއް ނުފެންނަ ކަމުގައި ނޫރު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީނުގެ ވެރިކަމަށް ފަހު ދެން ވެރިކަމަށް ވަޑައިގަތީ ރައީސް އިބޫ ދެއްތޯ؟ އެހާ ހިސާބުން ފަށައިގެންވެސް އަޑުގަނޑު މެެންނަށް ތަސައްވުރެއް އޮވެގެން އެޔާއި ދިމާލަށް ދަތުރު ކުރާ ތަނެއް ނުފެނޭ

- ް ނޫރު

ރައީސް ޔާމީން ވެރިކަމުގައި ބިނާކުރީ ދަރުމަވަންތަ ހޮސްޕިޓަލަކީ ވެސް ރައްޔިތުންނަށް އެއްތަނަކުން ވަރަށް ގިނަ ހިދުމަތް ލިބޭނެހެން، ދިވެހި ރައްޔިތުންނަށް އެތައް ގޮތަކުން ސިއްހީ ނިޒާމުގެ ތެރެއިން ލުއިފަސޭހަ ލިބޭނެ ކަމުގެ މަޤުސަދުގައި ބިނާކުރެއްވި ތަނެއް ކަމުގައި ނޫރު ވަނީ ވިދާޅުވެފަ އެވެ.

މިފަދަ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮއްދޭން ފަހުގެ ސަރުކާރުތަކަށް ނުކެރުމީ އޭގައި ޖެލަސީ އެއްވާތީ ކަމުގައި ނޫރު ވަނީ ވިދާޅުވެފަ އެވެ.

ދަރުމަވަންދަ ހޮސްްޕިޓަލުގެ އިތުރުން ރައްޔިތުންނަށް ޓަކައި ބޯހިޔާވަހިކަން ހައްލުކުރުމުގެ ގޮތުން ހަދައިފައިވާ ފްލެޓް ތައްވެސް، ހަވާލުކޮށްފައި ވަނީ އެތަންތަން ވީރާނާވެ ކެތްނުކުރެވޭ ވަރުވުމުން ކަމުގައި ނޫރު ވިދާޅުވި އެވެ.

އެބޭފުޅާ ވިދާލުވާގޮތުގައި ރާއްޖޭގެ ވެރިންގެ މެދުގައި އުފެދިފައި ވަނީ ވާދަވެރިކަމުގެ މައްސަލައެއް ކަމަށާއި އަދި މިކަންތައްތައް ރަނގަ ޅުކުރެވެން އޮތީ ތަސައްވަރެއްއޮވެ ލީޑާޝިޕް ޤާއިމް ކުރެވޭނެ ފަދަ ވެރިއެއް ރާއްޖޭގައި ވެރިކަން ކުރުމުން ކަމުގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved