March 10, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މޮރީޝަސްގެ ކްލޭމްއަށް އެއްބަސްވެ ވަޑައިގަތީ އެމްޑީޕީއިން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 26, 2025, 03:30 AM
މާލެ ސިޓީ

މޮރީޝަސްގެ ކްލެއިމްއަށް އެއްބަސްވެ ވަޑައިގަތީ އެމްޑީޕީއިން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ރައީސް މުހައްމަދު ނަޝީދު މޮރީޝަސްއަށް ވަޑައިގެން މޮރީޝަސްގައި ޗަގޯސްއަށް އޮތް ކްލެއިމް އެބޭފުޅާ ގަބޫލު ކުރެއްވި ކަމަށެވެ. މި ކަމަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ހިނގައިފައި ކަމެއްކަމުގައި ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރާއި ހަމައިން އެއޮތީ ދިން މެޑަލް އަކާއި އެޅުވިފައްޓަރު ބަޔަކާއި ތިކަމާ ގުޅުނު ނަމަވެސް އެކަން ހިނގާފަ އިނގޭތޯ އަޅުގަނޑުމެން ނޫން އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައީސް ނަޝީދު ވަޑައިން އޮތީ މޮރިޝަސްގެ އެ ކްލޭމަށް އެއްބަސްވެ ވަޑައިގެން ފައޭ. ނަމަވެސް އެއީ ގާނޫނާ ޚިލާފަށް ކޮށްފައި އޮތްކަމެއް.

ރައީސް ޔާމީން

ޗަގޯސްގެ މިމައްސަލައާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވާފައިވާ ސިޓީ މިސަރުކާރުން ވެސް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ދައްކާފައި ނުވާތީ އެކަމަށް ރައީސް ޔާމީންގެ ނުުރހުން އަމާޒުކުރެއްވިއެވެ.

އެސިޓީގައި ހުލާސާ ދީފައިވަނީ އިޓްލޮސްގެ ނިންމުމަށެވެ. އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އދ ގައި މިމައްސަލަ ނެގިއްޖެކަމުގައި ވަނީ ނަމަ މޮރީޝަސް އާއި އެއް ކޮޅައް ތިބޭނެކަމެވެ.

ޗަގޯސްއަކީ މޮރީޝަސްގެ ބަޔަކު މަސައްކަތެއް ކުރުމަށްޓަކައި އައިސް އުޅުނު ތަނެއްކަމުގައިވިޔަސް އޭގެ މާނައަކީ އެބައިމީހުން މިތަނަށް އަހުލުވެރި ވާންޖެހޭ ކަމެއް ނޫން ކަމުގައި ރައިސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved