

މޮރިޝަސްއަށް ޗާގޯސް ކުރި ސަރުކާރުން ވިއްކާލީކަމަށް ބުނެ އަޑު އުފުލަމުން އެ ސަރަހައްދު އަނބުރާ ހޯދާނެ ކަމަށް ބުނެ ވެރިކަމަށް އައިސް އެ މަސައްކަތްނުކުރާތީ ރައީސް އަބްދުﷲ ޔާމީންގެ ނުރުހުން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި މޮރިޝަސް ޗާގޯސްއަށް ލިބުނު މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެކަން އެމަގުން ހިނގަން ދިމާވީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ރައީސް މުހައްމަދު ނަޝީދުއާ ޖާމިނުކޮށް މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީއެއްގެ ސަބަބުން ކަމަށާ މި ސަރުކާރުން އައިސް އެ ސިޓީވެސް އަދި މި ސަރުކާރުން ފޮނުވި ކަމަށް ބުނާ ސިޓީ ވެސް ދައްކާލަން ނުކެރުނު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މޮރިޝަސްއަށް ޗާގޯސް ލިބުމުގެ ފަހަތުގައި ދިވެހިންގެ ތެރެއިން ބަޔަކަށްވެސް މާއްދީ މަންފާތަކެއް ލިބިފައިވާނޭ ކަމަށާ އަދި މި ސަރުކާރުން އެތަން އަނބުރާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ މި ޒަމާނަކީ ސިޓީއެއް ފޮނުވާލައިގެން ކަންކަން ކުރެވޭނެ ޒަމާނެއް ނޫން ކަމަށެވެ.
މި ޒަމާނުގައި ސިޓީ ގަނޑެއް ފޮނުވާލައިގެން ކޮންކަމެއްތޯ ކުރެވެނީ. އޭގެ ބަދަލުގައި ކިއްވެ ތޯ މައްސަލަ ލޮބީ ނުކުރީ. ގާނޫނާ ޚިލާފަށް ކުރިކަމެއް އެއީ. އެހާ ވަރަށް އަޑު އުފުލި. މިއަދު ކޮބައިތޯ ޗަގޯސް ކީ ކުދިންކޮޅު ކޮބައިތޯ. ޗަ ކޮއިމެން ކޮބައިތޯ؟ ޗާގޯސް މައްސަލައިގައި މި ސަރުކާރުގައި ހައްލު ހޯދަން ޕޮލިޓިކަލް ވިލް ނެތް. ޗާގޯސް މައްސަލައިގައި ސަރުކާރުން ކަންކޮށްފައި އޮތީ އަމާ ބުނީތީ ފަރަށްދާ އުސޫލުން. ޗާގޯސް މައްސަލައިގައި ފޮރުވިފައިވާ މާއްދީ މަންފާތަކެއް ބަޔަކަށް ނުވެ ނުދާނެ. ލިޓްރިގޭޝަނަލް އެއްވެސް މަސައްކަތެއް ކުރިހޭ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޗާގޮސް މޮރިޝަސްއަށް ދޫކޮށްލުމަކީ ޖަރީމާއެއް ކަމަށެވެ.