ޕީއެންއެފްގެ ޖަލްސާގެ ތެރެއިން މަލީހް / ތޭރަ އޮންލައިން
ސިޔާސީ
ޗާގޯސް ގެ މައްސަލާގައި މިސަރުކާރަށް ހަނު ނޯވެވޭނެ: މަލީހް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
26 މޭ 2025
މާލެ ސިޓީ

ޗާގޯސްގެ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒުއަށް ހަނު ނުހުންނެވޭނެ ކަމުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ޗާގޯސް މޮރިޝަސްއަށް ދިންނަމަވެސް ސީލް ޖަހާފައިވަނީ ރައިސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށެވެ.

މޮރިޝަސްއަށް ޗާގޯސް ދީފައި މައްސަލައަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރުން ދިވެހި ރާއްޖެއާއި މެދު ވެފައިވާ އިހުމާލެއް ކަމަށާއި އެކަމަކީ ސީދާ ޤައުމަށް ޣައްދާރުވުން ކަމުގައި ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އިން ވިއަކާލީ އެކަމަކު އޭގަ ސީލް ޖެހިތަން މިފެނުނީ ރައީސް މުއިއްޒުގެ މިސަރުކާރުން މީގައި ވަރަށް ބާރަށް ވާހަކަދެއްކެވި ބޭފުޅުން ރައީސް އެފާހަގަ ކުރެއްވި ފަދައިން އެ ޗަކޮއި ޝިޔާމުމެން އެތިއްބެވީ ޗަގޯސް އަނެކައްެޗެކޭ މިނަކެއްޗެކޭ ކިޔާފަ މިހާރު ހަނު އެތިއްބެވީ، މީގައި ރައީސް މުއިއްޒުއަށް މިމައްސަލައިގަ ހަނު ނުހުރެވޭނެ ބައިވަރު ސަބަބުތައް އެބަހުރި

- މަލީހް

ޗާގޯސްގެ މި މައްސަލައަކީ އެމްޑީޕީ ސަރުކާރުން ޤައުމަށްވެފައިވާ ޤައްދާރެއް ކަމުގައި ވާއިރު މިސަރުކާރުން އެމައްސަލަ ބެލެން ޖެހޭ ކަމުގައިވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކެބިނެޓްގައި މިމައްސަލައާއި ބެހޭގޮތުން ދެކެވުނު ވާހަކަ ޑީ-ކްލެސިފައި ކުރަން ޖެހޭ ކަމަށާއި، ޔޫއެންގެ ބައްދަލު ވުމުގެ ސައިޑްލައިންގައި މޮރިޝަސްގެ ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަތައްވެސް ޑީ-ކްލެސިފައި ކުރަން ޖެހޭނެ ކަމަށެވެ. އަދި ހަމައެހެންމެ ރައިސް އިބްރާހީމް މުހައްމަދު ސޯލިހު މޮރީޝަސްއަށް ކުރެއްވި ދަތުރުގެ ޔައުމިއްޔާވެސް ދިވެހި ރައްޔިތުންނަށް ހާމަކުރަން ޖެހޭ ކަމުގައި މަލީހު ވަނީ ވިދާޅުވެފައެވެ.

ޗާގޯސް އާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވި ކެބިނެޓް ބައްދަލުވުމަކީ ވެސް ޤާނޫނާ ހިލާފަށް ބޭއްވި ބައްދަލުވުމެއްކަމުގައި ފާހަގަކޮށް މަލީހު ވިދާޅުވީ ހަމައެކަނި ކެބިނެޓް ބައްދަލުވުމަކުން މިމައްސަލަ ނިންމިގެން ނުވާނެ ކަމަށާއި މިފަދަ ވާހަކައެއް ދެކެވޭއިރު ރައްޔިތުން މަޖިލީހުގެ ބަހެއްވެސް މިކަމުގައި ހޯދެން ޖެހޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved