ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
މިސަރުކާރުން ކޮށްފައިވަނީ ރޫހާނީ ޑިޖިޓަލައިޒޭޝަންއެއް: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
26 މޭ 2025
މާލެ ސިޓީ

މިސަރުކާރުން ކޮށްފައިވަނީ ރޫހާނީ ޑިޖިޓަލައިޒޭޝަންއެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ފޮރޮންޓް އޮފީހުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަމުން އެމަނިކުފާނު ވިދާޅުވީ އިމިގްރޭޝަން އިން ދާދިފަހުން ހުޅުވާލި ވަޒީފާއަށް 900 އެންހާ ކެންޑިޑޭޓުން ކިއު ޖެހިފައި ވާއިރު މިސަރުކާރުން މިވިދާޅުވާ ފަދަ ޑިޛިޓަލައި ޒޭޝަން އެއް ޤާއިމް ވެފައި ވާނަމަ އެތާ އެވަރުގެ ބޮޑު ކިއުއެއްޖެހިފައި އޮންނާކަށް ނުޖެހޭނެ ކަމަށެވެ.

އަދި މިޔާއެކު އިމިގްރޭޝަން ގެ މިވަޒީފާގެ އެވްރެޖް މުސާރައަކީ 10500 ރުފިޔާ ކަމުގައި ވީއިރު އެމުސާރައަކީ މާލޭގައި ދިރިއުޅުމުގެ އަގުވެސް ކަވަރު ނުކުރެވޭނެ ފަދަ މުސާރައެއް ކަމަށާއި، މިވަޒީފާއަށް އެވަރުގެ ކިއުއެއް އޮތުމުން ދޭހަވަނީ ދިވެހި ރާއްޖޭގައި ކިޔަވައިގެންތިބި، ގްރެޖުއޭޓުން ނަށްވެސް ވަޒީފާގެ ފުރުސަތު ނެތް ކަމެވެ.

ޑިޖިޓަލައިޒް ވެފައިން ވަރު އަޅުގަނޑުމެން ނަށް މިފެނިގެން މިދަނީ، އިމިގްރޭޝަނުން އިއުލާނު ކޮއްލީ ފަންސާހަކަށް މީހުން ހޯދަން، ކިޔަވައިގެން ތިބި ޒުވާނުން އިނގޭތޯ ފައިލް ބޮނޑި ހިފައިގެން އެތަނަށް ކިޔު ޖައްސާލާފަ ތިބި، 900 ވަރަކަށް މީހުން 870 ކޮންމެވެސް ވަރެއް ނުވަސަތޭކަ ވަރަކަށް މީހުން އެވްރެޖް މުސާރައަކީ 10500 މީ އޭގެ ޒާތުގަ ކޯއްޗެއްތޯ މިއަދު ދިރިއުޅުމުގަ މިއަދު މާލޭގަ ދިރިއުޅުމުގެ އަގުތަކަށް ކޯސްޓް އޮފް ލިވިން އަށް ބަލާލާއިރު؟

- ރައީސް ޔާމީން

އިމިގްރޭޝަން ވަޒީފާގެ އެވަރު ބޮޑު ކިޔޫއެއް އޮތުމުން ދޭހަވަނީ ދިވެހި ރައްޔިތުންނަށް އާމްދަނީ ލިބެނެ ގޮތެއް ނެތިފައި ތިބި މިންވަރު ކަމަށާއި ރައްޔިތުންގެ އާދައިގެ ބޭނުންތައް ވެސް ނުފުދި މާޔޫސްވެފައިވާ މިންވަރު ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައި އެވެ.

މިސަރުކާރުގައި ކިތަންމެ ރަގަޅަށް ކިޔަވައިގެން ތިބި ޒުވާނުންނަށް ވެސް ވަޒީފާގެ ފުރުސަތުތަކެއް ނެތްކަން ދޭހަވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިހާގިނަ އަދަދެއްގެ މީހުން ބައިބެރިވާ އިންޓަވިއު އަކަށް ވީއިރު އިމިގްރޭޝަން ގައި އެވަރު ކިއުއެއް އޮތުމުން މިސަރުކާރު ޑިޖިޓަލައިޒް ވެފައިވާ މިންވަރު ފެންނަ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved