ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
މި ސަރުކާރު ވައްކަމުން އެއްވަނައަށް އަންނާނެ: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
27 މޭ 2025
މާލެ ސިޓީ

މިސަރުކާރު ވައްކަމުން އެއްވަނައަށް އަންނާނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފޮރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރަށް ވަނަ ދޭން ޖެހޭނީ މޮޅެތި ގޮތް ގޮތަށް ވައްކަން ކުރާތީ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަށް ދާދިފަހުން ލިބިފައިވާ ވަނައާއިމެދު ފާޑު ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކަރަންޓްބިލު ތަކުން ސްޓެލްކޯއިން ކުރާ ވައްކަމުގެ ވާހަކައެވެ.

ރައްޔިތުންގެ ކަރަންޓުބިލުތައް އަތް ނުފޯރާ ފަށައް ގޮސްފާވާއިރު ގިނަ ގޭބިސީތަކު ބިލް އެގޭގޭގެ ކުއްޔަށް ވުރެ ވެސް ބޮޑެވެ. ރޯދަމަހާއި ދިމާކޮށް ރައްޔިތުންގެ ކަރަންޓް ބިލުތަކުން ޑިސްކައުންޓް ދޭ ގޮތަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވީނަމަވެސް، ބިލްތަކުން އުނިވި އެންމެ ރުފިޔާއެއްވެސް ނެތެވެ. އޭގެބަދަލުގައި ޑިސްކައުުންޓާއި ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުވީ ޑަބަލެވެ.

މިސަރުކާރުން ކުރާ ހުރިހާ ކަމަކީ ވަރަށް ވިސްނުން ތެރިކަމާއި އެކު ކުރާ ކަންތައް ތަކެއްކަން ކަރަންޓު ބިލްތަކުން ހާމަވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިހައްދުވަހު ދެއްތޯ ވަނަލިބިގެން ފަހުރުވެރިކަމާއި އެކީ، ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ ފަހުމީ މިބުނަނީ އެސްއޯއީ ތަކުގެ ތެރއއިން އެއްވަނައަށް އައީ ތިމަންނައޭ! އަޅުގަނޑުމެން މި ހަޅޭލަވަނީ ރައްޔިތުން ގެ ކަރަންޓުން ވައްކަން ކޮއްގެނޭ ކަލޭމެން ތިއުޅެނީ

- ރައީސް ޔާމީން

ދިވެހިރާއްޖޭގައި މިވަގުތު އޮތް ސަރުކާރަކީ ނާގާބިލު ސަރުކާރެކޭ ނުދެންނެވޭނެ ކަމަށާއި ސަރުކާރުން ކުރަމުންދާ މިހުރިހާ ކަމަކުންވެސް ދޭހަވަނީ ސަރުކާރުގެ ކުޅަދާނަކަމާއި ހުށިޔާރުކަން ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ މިސަރުކާރުގެ ޤާބިލުކަމުން ވައްކަން ވެސް ކުރައްވަނީ ޑިޖިޓަލައިޒް ކޮށްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved