March 20, 2026
Advertisement
މިފަހަރުގެ އީދު ހަރަކާތްތައް ޓީމް 13 އިން ގެނެސްދޭނީ ކުޅުދުއްފުށީ ސިޓީއިން
މިފަހަރުގެ އީދު ހަރަކާތްތައް ޓީމް 13 އިން ގެނެސްދޭނީ ކުޅުދުއްފުށީ ސިޓީއިން / ތޭރަގްރެފިކްސް

އަޟްހާ އީދު ފޯރި، މި ފަހަރު ކުޅުދުއްފުށި ސިޓީއިން އަޖުމަ ބަލާލަމާ!

Mariyam Isaadha
މަރިޔަމް އިސާދާ
May 28, 2025, 12:57 AM
ކުޅުދުއްފުށި ސިޓީ

1446 ވަނަ އަހަރުގެ އަޟްހާ އީދު ފޯރި ޓީމް 13ގެ ކަވަރޭޖު ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ކުޅުދުއްފުސީ ސިޓީއިން ގެެނެސްދިނުމަށް ހަމަ ޖެހިއްޖެއެވެ.

Advertisement

އީދުގެ ހަރަކާތްތައް ލައިވްކޮށް ކުޅުދުއްފުށި ސިޓީއިން ގެނެސްދިނުމުގެ ފަހުމު ނާމާއެއްގައި މިހާރު ވަނީ އެ ސިޓީގެ ކައުންސިލްއާ އަދި ޓީމު 13 އާ ދެމެދު ވެފައެވެ.

ކުޅުދުއްފުށި ބޮޑު އީދު މުއްސަދި ސަގާފަތް ދައްކުވައިދޭ ހަރަކާތްތަކާ އެކު ޢީދުގެ އެންމެ ޚާއްސަ އެއް ހަަރަކާތް އީދު މަޅިން ފެށިގެން ކަވަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެން އަހަރު ތަކެކޭ ވެސް އެއް ފަދައިން ކުޅުދުއްފުށީގައި ކުލަ ގަދަ އީދުގެ ހަރަކާތްތައް ގެންދާނެ ކަމަށް އެ ސިޓީގެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން އީދު މާލި، އީދު އޮނުބަޑި ޖެހުން، ބަންދު ދުއްވުން، ރާނީ ހިނގުން، ނަމުރު، މަށި މާލި ޕެރޭޑު، އަންހެނުންގެ ކޯޑި، ހިއްޗަށް ވަޑައިގަތުން، ދަމު ހިނގުން، ދަފި ނެގުން ފަދަ ސަގާފީ އެތައް ކުޅިވަރެއް މި ފަހަރުގެ އީދު ފޯރިގެ ތެެރެއިން ފެނިގެން ދާނެ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުޅިވަރުތައް ވަގުތުން ޗެނަލް13 އިން ދުރަށް ދައްކަމުން ގެންދާނެއެވެ. އީދުގެ ހަރަކާތްތައް ވަގުތުން ގެނެސްދިނުމަށް ޓީމު 13ގެ ކުރޫއެއް ކުޅުދުއްފުށީގައި ހަރަކާތްތެރިވާނެއެވެ.

ކުޅުދުއްފުއްޓަކީ އަބަދުވެސް އީދުގެ ހަރަކާތްތައް ފޯރިއާ އެކު ތަފާތުކޮށް ގެނެސްދޭ ރަށެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved