ރައީސް ވަހީދުވެސް ރޭވުމެއްގެ ތެރެއިން ޖަލަށްލާން ޕީޕީއެމް/ޕިއެންސީގެ ވެރިން ރޭވި / ސޯޝަލް މީޑިއާ
ހަބަރު
ރައީސް ވަހީދުއަށް ރައީސް ޔާމީން އިތުބާރު ކުރައްވާތީ ރައީސް ވަހީދު ޖަލަށްލާން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން މަސައްކަތްކުރި: ޠާލިބު
Mariyam Isaadha
މަރިޔަމް އިސާދާ
28 މޭ 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުއަށް ރައީސް އަބްދުﷲ ޔާމީން ފުރިހަމައަށް އިތުބާރު ކުރައްވާތީ ރައީސް ވަހީދު ޖަލަށްލާން ޕީޕީއެމް ޕީއެންސީ ލީޑާޝިޕުން މަސައްކަތްކުރި ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އަހުމަދު ޠާލިބު ހާމަކުރައްވައިފިއެވެ.

އުސްތާޛު ޠާލިބު މިކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ކޮވިޑުގެ ދުވަސްވަރު ހިނގައިދިޔަ ހާދިސާއެއް ހަނދާނަށް ގެންނަވާ އުސްތާޛު ޠާލިބު ވިދާޅުވީ، ޑރ ވަހީދު އެޗްޕީއޭގެ އުސޫލުތަކާއި ޚިލާފުވީކަމަށް ބަލައި އެމަނިކުފާނު ގޮޅިއަކަށް ފައްތާލަން އުޅުނުކަމަށެވެ.

އެގޮތުން އެމަނިކުފާނު ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވުމުން ޕީޕީއެމް އޮފީސްތެރޭ ހޭލަމޭލައަށް ލީޑާޝިޕުން އުޅެން ފެށި ކަމަށާ އެގޮތުން ކޯލިޝަން ވަގުތީ ގޮތުން ހިންގެުވމާ ހަވާލުވެ ހުރި އަބްދުރައްހީމު އަބްދުﷲ (އަދުރޭ) އާ ޕީޕީއެމްގެ އޭރުގެ އެއް ނައިބު ޑރ މުަހއްމަދު މުއިއްޒުވެސް ހިމެނޭހެން ސިއްރު ބައްދަލުވުން ބާއްވާ ކޮޓަރިއަށް މަޑު މަޑުން މީހުން ޖަމާވާން ފެށި ކަމަށެެވެ. އެގޮތުން އަދުރޭ، މުއިއްޒު، ޕީއެންސީގެ ނައިބު އާދަމް ޝަރީފު އުމަރު، ޕީޕއެމްގެ ނައިބު އަހުމަދު ޝިޔާމު، ޕީއެންސީގެ ނައިބު މުހައްމަދު ސައީދު މެން ފަދަ ބޭބޭފުޅުން ވަރުވަރަށް ސައިފޮދު ހިއްޕަވާ ހީސަމާސާކޮށް ހަދާތަން ފެނުނު ކަމަށް ޠާލިބުގެ ޕޮސްޓުގައި ހާމަކޮށްފައިވެއެވެ.

އަދުރޭއަށް ބަލާލުމުން ސިފަވީ ބޮޑު އުފަލެއް ލިބިގެން އުޅޭ ފަދަ މީހެއްގެ ގޮތުގައި ކަމަށާ އަދުރޭ، މުއިއްޒްގެ ވިސްނުމަކީ ޑރ .ވަހީދޔގެ ދިފާއުއަށް ޕީޕީއެމުން ލޯޔަރު ޓީމެއް އެދުވަހު ނުފޮނުވުން ކަމަށްވެސް ޠާލިބު ވިދާޅުވެފައިވެއެވެ. އަދި ބޮޑު މަންޒަރަކަށް ޚަބަރަކަށް އެކަން ނުހެދުމަށާ އެމީހުންގެ އެދުވަހުގެ ވިސްނުމަކަށްވެފައި އޮތީ ޕީޕީއެމާއި ޑރ. ވަހީދުއާއި އެއްކޮށް ކަނޑާ ވަކިކޮށްލުން ކަމަށްވެސް ޠާލިބުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އެގޮތުން އެމަނިކުފާނު ޖަލުގެ ގޮޅިއަކަށް ފައްތާލުމަކީ އެމީހުން ގެންގުޅުނު ހިޔަޅު ވިސްނުމެއް ކަމަށް ވެސް ހާމަކުރައްވާފައިވެއެވެ.

ޑރ ވަހީދު އެދުވަހު ތަހުޤީގު ނިންމައި ޕްރެސް އާއި ބައްދަލު ކުރި ނަމަވެސް އަދުރޭ އަދި މުއިއްޒުއާ ޓީމް އެ ސަރަހައްދަށް ވަޑައިގެންނެވި މާފަހުން ކަމަށާ ކުރީ ބައިގައި އެތަނަށް ވަޑައިގެން ހުންނެވި އާދަމް ޝަރީފް ވެސް ޑރ.ވަހީދު ވާހަކަ ދައްކަ ދައްކަވަނީ މާބާރަށާ ވިދޅާުވެ ދުރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުންނެވި ކަމަށްވެސް ޠާލިބުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ޑރ ވަހީދުގެ ތަހްޤީގުގައި ބައިވެރިވި ވަކީލެއްގެ ހައިސިއްޔަތުން އޭނާގެ ލޮލަށް ފެނި އިވިފައިވާ ވާހަކަތަކެއް ހިއްސާކޮށް އެދުވަހު ޑރ ވަހީދު އެމީހުން ސިފަކުރީ މިނިކާ ބާޒެއްގެ ގޮތުގައި ކަމަށް ވެސް ޠާލިބު ހާމަކުރައްވާފައިވެއެވެ.

އެހެންކަމުން ޠާލިބު ވިދާޅުވީ އަދުރޭ (ގަރުދިޔަ) ޖަގަހައިގައި ބުނީ ތެދު ކަމަށާ އެއީ އޭރުވެސް ރައީސް ޔާމީނާ ދެކޮޅަށް ރެބުންތައް ރޭވި ކަމަށެވެ. އެ ރޭވުމުގެ ތެރެއިން ޑރ ވަހިދުވެސް ޖަލަށް ލާން އެވެރިން މަސައްކަތްކުރިކަމަށާ އެއީ ޑރ.ވަހީދަކީ ރައީސް ޔާމީނު އެންމެ ބޮޑަށް އިތުބާރު ކުރައްވާ ސިޔާސީ ލީޑަރަށް ވާތީކަމަށެވެ. އެގޮތުން ޑރ.ވަހީދު 1 (އެކެއް )އަހަރާއި 3( ތިންމަސް) ދުވަހުގެ ޖަލު އަދަބަކަށް ޖަލަށް ފޮނުވާލުމަށް ޕީޕީއެމް/ޕީއެންސީގެ އޭރުގެ ލީޑަރޝިޕުގެ ތެރެއިން ހިޔަޅުވެރި ރޭވުން ރޭވިކަމަށް ޠާލިބު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved