ޕީއެންއެފް އަދާހަމަ / ތޭރަ އޮންލައިން
ސިޔާސީ
ގައުމުގެ ހާލަތު ރައްޔިތުންނާ ހަމައަށް އެންމެ ރަގަނޅަށް ގެނަސްދެވޭނީ ރައީސް ޔާމީނަށް: ވައްޑެ
Fathmath Reem
ފާތުމަތު ރީމް
20 ފެބްރުއަރީ 2024
މާލެ ސިޓީ

ގައުމުގެ ހާލަތު ރައްޔިތުންނާ ހަމައަށް އެންމެ ރަނގަޅަށް ގެނަސްދެވޭނެ ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕިއެންއެފް ގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިހާބުގައި މަޑަވެލި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު މުހައްމަދު ވަހީދު ( ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިފަދައިން ވިދާޅުވީ ޗެނަލް 13 އިން ހޯމަ ދުވަހު ގެނަސްދިން ޕީއެންއެފް އަދާހަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ވައްޑެ ވިދާޅުވީ މިއަދު ރައްޔިތުންނަށް ގައުމުގެ ހާލަތު އެބަ އެނގެން ޖެހޭ ކަމަށާއި ގައުމުގެ ހާލަތު ރައްޔިތުންނާ ހަމައަށް އެންމެ ރަނގަޅަށް ފޯރު ކޮށްދެވޭނެ ވެރިއަކީ ރައީސް ޔާމީން ކަމަށެވެ.

އެހެންނަމަވެސް ސިޔާސީ ގޮތުން އެމަނިކުފާނުގެ ވާހަކަ ދިވެހި ރައްޔިތުންނާ ހަމައަށް ފޯރު ކޮށްދިނުމުގެ ފުރުސަތެއް މިއަދު ނެތް ކަމަށް ވެސް ވައްޑެ ވަނީ ވިދާޅުވެފައެވެ.

މިއަދު ދިވެހި ރައްޔިތުންނަށް އެބަ އިނގެންޖެހޭ ގައުމުގެ ހާލަތު. ގައުމުގެ ހާލަތު އެންމެ ރަނގަޅަށް ރައްޔިތުންނާ ހަމައަށް ގެނަސްދެވޭނެ ލީޑަރަކަށް މި ރާއްޖޭގަ ހުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިނގޭތޯ. އެމަނިކުފާނަކަށް ނެތް ސިޔާސީ ގޮތުން އެމަނިކުފާނުގެ ވާހަކައެއް ދިވެހި ރައްޔިތުންނާ ހަމައަށް އެމަނިކުފާނުގެ ދޭން ބޭނުންވާ މެސެޖެއް ދިވެހި ރައްޔިތުންނާ ހަމައަށް ދިނުމުގެ އެއްވެސް ކަހަލަ ފުރުސަތެއް އެމަނިކުފާނަށް ނެތް އިނގޭތޯ.

- ވައްޑެ

މީގެ އިތުރުން ވައްޑެ ވިދާޅުވީ ކުރިއަށް މިއޮތް ރޯދަ މަސް އަންނަ އިރުވެސް ރައީސް ޔާމީން އަދިވެސް ހުންނެވީ ނުހައްގުން ޖަލުގައި ކަމަށެވެ.

ވައްޑެ ވިދާޅުވީ މި ސަރުކާރުގެ ކިބައިގައި ގައުމެއް ހިންގާނެ އިލްމެއް ސަރުކާރުގެ ތެރެއިން ނުފެންނަ ކަމަށާއި ރައީސް ޔާމީން ގެ އިރުޝާދާ ލަފާވެސް މި ސަރުކާރުން ބޮލާލަ ޖެހީ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved