އަލީ ހުސެއިން / ތޭރަ އޮންލައިން
ސިޔާސީ
މިސަރުކާރުން ކުރާ ކަންތައްތަކުގެ ތެރޭގައި ރަނގަޅަށް ކުރާ ކަމަކީ ކޮބައި ކަމާމެދު ސުވާލު އުފެދޭ: އަލީ ހުސައިން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
29 މޭ 2025
މާލެ ސިޓީ

މިސަރުކާރުން ކުރާ ކަންތައްތަކުގެ ތެރޭ ގައި ރަނގަޅަށް ކުރާ ކަމަކީ ކޮބައި ކަމާމެދު ސުވާލު އުފެދޭ ކަމުގައި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަދި ޤާނޫނީ ވަކީލް އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޗެނަލް 13ގެ ނިޔުސް ޓޯކް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ފުރަތަމަ ކަމަކަށްވެސް ޖޭއެސްސީގެ ދެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދޭން ޖެހޭ ހައްޤުތައް އެ ފަރާތްތަކަށް ނުދީ ކަމަށާއި އެ ނިންމުމަކީ ބާތިލު އިޖްރާއަތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައި، ވިދާޅުވެފައި ވެއެވެ.

މިސަރުކާރުން ކުރާކަންތައްތައް އަނެއްހެން ރަނގަޅަށް ކުރާ ކަމަކީ ކޮބައިހޭ ބުނެފިއްޔާ އެކަންތައް ކަން ނޭނގެ އޭގަ މަދުވާނީ! އާންމުކޮށް ތިހުންނަ އަސާސީ މައްސަލަތަކުގައި ނުވަތަ މުހިއްމު މައްސަލަތަކުގައި އަމަލު ކުރާ ގޮތަށް ބެލީމަ އަޅުގަނޑުމެންނަށްް އެބަފެނޭ ޤާނޫނުގަ ލިޔެފައި އޮންނަ އެއްޗެއް އެ އޮންނަނީ!

- އަލްއުސްތާޒު އަލީ ހުސައިން

ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްތަކުގައި މާލޭގެ އެކި ތަންތަނުން ބިން ދޫކޮށްފައި ވަނީ ބިޑަކާ ނުލައި ކަމަށާއި މިފަދަ ކަންކަމަކީ ރާއްޖޭގެ ރަށެއްގެ ކައުންސިލަކުން ވެސް ނިންމަވަން ކެރިވަޑައި ނުގަންނަވާ ނިންމުމެއް ކަމުގައިވެސް އަލީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މާލޭގެ އެކި ސަރަހައްދު ތަނުން ބިންތައް އެކި ފަރާތް ތަކުން ވިއްކާ ކުއްޔަށް ދީ ހަދައިފައި ވާކަމަށެވެ.

މިއަދު ރައީސް މުއިއްޒުއަށް ވެރިކަމަށް އައިސް އެހުރެވެނީ، އޭރުގެ ސަރުކާރުން އެމަނިކުފާނު ހިންގާފައިވާ މިފަދަ ބޮޑެތި ޖަރީމާތައް ދޫކޮށްލައިފައި ވާތީ ކަމުގައިވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ތަނެއްގެ ވެރިކަން ލިބުމުން އެތަނެއްގައި ވެރިކަން ކުރާ ފަރާތް ކަންތައް ކުރާގޮތުން އެފަރާތުގެ މުސްތަގުބަލު ކަނޅައަޅަން ވަރަށް މުހިއްމު ވާނެ ކަމުގައި ވެސް އެބެފުޅާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved