March 20, 2026
Advertisement
މިދިޔަ އަހަރު ކުޅުދުއްފުށި އީދު ކުޅިވަރުތަކުގެ ތެރެއިން
މިދިޔަ އަހަރު ކުޅުދުއްފުށި އީދު ކުޅިވަރުތަކުގެ ތެރެއިން / ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ބޮޑު އީދު، ގިނަ ހަރަކާތްތަކާއެކު ކުރިއަށް ދާނެ ތަފާތު އީދަކަށް ވާނެ!

Mariyam Isaadha
މަރިޔަމް އިސާދާ
May 30, 2025, 08:31 PM
ކުޅުދުއްފުށި ސިޓީ

1446 ވަނަ އަހަރުގެ އަޟްޙާ އީދު ކުޅުދުއްފުށި ސިޓީގައި ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ.

Advertisement

ކުޅުދުއްފުއްޓަކީ އަބަދުވެސް ތަފާތު މޮޅު އަދި މަޖާ ހަރަކާތްތަކާއެކު އީދު ފާހަގަކުރަމުން އަންނަ ސިޓީއަކަށްވާއިރު މިއަހަރުގެ ޢީދުގައިވެސް ގިނަ ކުޅިވަރުތަކެއް އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް އެ ސިޓީގެ ކައުންސިލުން ވަނީ ނިންމާފައެވެ.

ކުޅުދުއްފުށި ބޮޑު އީދު މުއްސަދި ސަގާފަތް ދައްކުވައިދޭ ހަރަކާތްތަކާ އެކު ޢީދުގެ އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ އީދުގެ މުބާރާތެވެ. އެއަށް ފަހު ޢީދު ވިލޭރޭ ޢީދު މާލި ނެރުން އޮންނާނެއެވެ.

ކުޅުދުއްފުށި ސިޓި އީދުގެ ތާވަލު
ކުޅުދުއްފުށި ސިޓި އީދުގެ ތާވަލު

މީގެ އިތުރުން އީދު ދުވަހު އޮނުބަޑި ޖެހުން، ބަންދު ދުއްވުން، ރާނީ ހިނގުން، ނަމުރުގެ އިތުރުން ހަވާ އެރުވުމާ އެކު ސްޓޭޖު ޝޯ އެރޭކުރިއަށް ދާނެއެވެ. އެއަށް ފަހު ވަޅު އީދު ދުވަހު ހަވީރު ކުޅުދުއްފުށީގެ އެންމެ ޚާއްސަ އީދު ކުޅިވަރު، މަށި މާލި ޕެރޭޑު ބާއްވާއިރު އެރޭ ވެސް ސްޓޭޖު ޝޯއެއް އޮންނާނެއެވެ. އެއަށް ފަހު އީދުގެ ތިން ވަނަ ދުވަހުގެ ހަވީރު އަންހެނުންގެ ކޯޑި، ނޯ ލީކު މީޑިޔާ، ބޮޑު ފައިވާނުގައި ހިނގުން އަދި ކުޑަކުރިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. ހަމަ އެރޭ ވެސް ސްޓޭޖު ޝޯ އޮންނާނެއެވެ. އެއަށް ފަހު އީދުގެ ހަތަރު ވަނަ ދުވަހު ހިއްޗަށް ވަޑައިގަތުން، ދަމު ހިނގުން، ދަފި ނެގުން އޮންނާނެއެވެ.

މިދިޔަ އަހަރުގެ އީދު މަށީ މާލި ޕެރޭޑުގެ ތެރެއިން
މިދިޔަ އަހަރުގެ އީދު މަށީ މާލި ޕެރޭޑުގެ ތެރެއިން

ކުޅުދުއްފުށި ސިޓީގައި ޢީދު ކުޅިވަރުތައް ކުރިއަށް ގެންދާނީ ޖޫން 6 އިން ޖޫން 9 ވަނަ ދުވަހަށެވެ.

މިފަހަރު ކުޅުދުއްފުށި ބޮޑު އީދުގެ ފޯރި ގަދަ ހަރަކާތްތައް ޗެނަލް13 އިން ލައިވްކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved