ދައުލަތުގެ އެންމެ މަތީ ވެރިޔާ މުއިއްޒު (ކ) ސްޓެލްކޯގެ އެންމެ މަތީ ވެރިޔާ ފަހުމީ (ވ) / ރައީސް އޮފިސް
ހަބަރު
ކަރަންޓު ބިލުން ސަރުކާރުން ވައްކަން ކުރާ ކަމަށް ތުހުމަތު ކުރެވިފައިވަނިކޮށް ކަރަންޓު ޓެރިފް ރޭޓު ކުޑަކުރަން ނިންމައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
31 މޭ 2025
މާލެ ސިޓީ

ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރައްޔިތުންނަށް ފޮނުވާ ބިލުގައި އޮޅުވާލުމާއި މަކަރުން ކަރަންޓު ބިލުން ވައްކަން ކުރާ ކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް ގޭބިސީތަކުގެ ކަރަންޓަށް ނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކޮށްފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފަށް ގެންނަން އެންގެވި ބަދަލުތައް ހިއްސާކުރައްވައިފައެވެ.

އެ ބަދަލުތައް މި ފެށޭ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނެސް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް އަންގަވައިފައިވާ ކަމަށް ވިދާޅުވި އެވެ.

އެއާއެކު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި، ސްޓެލްކޯއަށާއި، ފެނަކައާއި، އެމްޑަބްލިއުއެސްސީއަށް އަންގާނެ އެވެ.

ކަރަންޓު ބިލުކުރާއިރު، ބޭނުންކުރާ މިންވަރު ބަލަނީ ޔުނިޓުންނެވެ.

އާންމު ގޮތެއްގައި ބިލު ބޮޑުވަނީ ބޭނުން ކުރާ މިންވަރު 500 ޔުނިޓުން މަތިވީމައެވެ. އެގޮތުން ކުރިން 600 ޔުނިޓުން މަތިވުމުން އެވްރެޖުކޮށް ޔުނިޓަކަށް 4.25 ރުފިޔާ ބިލުކުރެއެވެ. ނަމަވެސް ޓެރިފް ރޭޓު ދަށްކުރުމުން، 3.80 ރުފިޔާއާ ހަމައަށް ދަށްވާނެއެވެ.

ސްޓެލްކޯ އިން ރައްޔިތުންގެ ކަރަންޓު ބިލުން ވައްކަން ކުރާ ކަން މިފަހުން ވަނީ ހާމަ ވެފައި އެވެ. މީގެ ދެތިން މަސް ކުރިން ވެސް ސްޓެލްކޯ އިން ވަނީ ގޭބީސީތަކުގެ ކަރަންޓު ބިލް ބޮޑުކޮށްފަ އެވެ.

މިކަމާ ސްޓެލްކޯ ދޮރުމަތީ ރައްޔިތުން ވަނީ އިހުތިޖާޖްވެސް ކޮށްފައެވެ.

ކޮންމެ މަހެއްގެ ވެސް ކަރަންޓު ބިލު ލިބެން ފެށުމާއެކު މުޅި ސޯޝަލް މީޑިއާ ފުރެނީ، ކަރަަންޓު ބިލު އަގުބޮޑުވެގެން އާންމު ރައްޔިތުންގެ ޝަކުވާތަކާއެކުގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved