March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ދިވެހިރާއްޖޭގައި ދެވަނަ ދަރަޖައިގެ ބަޔަކު ނޫޅޭނެ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 31, 2025, 10:20 PM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ދެވަނަ ދަރަޖައިގެ ބަޔަކު ނޫޅޭނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެއްބަޔަކަށް ބިން ހުލުމާލެއިންނާއި ތަންތަނުން ބަހާފައި ވާއިރު އަނެއް ބަޔަކު އުޅެނީ ކުލިން ސަލާމަތް ނުވެގެން ކަމަށެވެ.

އިބްރާހީމް މުހަންމަދު ސޯލިހު ވެރިކަމުގައި ވެސް އެތައްބަޔަކަށް ވަނީ ހުޅުމާލެއިން ބިންތަކެއް ބަހާފައި ކަމަށާއި އަދި މިހާރު ހުންނެވި ރައީސްވެސް ވަނީ ހުޅުމާލޭގެ ފޭސް 2 ގެ ސްޓްރަކްޗާ ޑިޒައިން ގެއްލޭނެ ހެން ބިންތަކެއްބަހާފައި ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މާލެސިޓީކަނުއްސިލުން ދޫކޮށްފައިވާ ފްލެޓްތަކުގެ ރެންޓް 60 ޕަސެންޓް މީހުން ނުދައްކާއިރު މިވަގުތުގެ އައުޓްސްޓޭންޑިން ބިލިޔަނަކާއި ކަމުގައި އެމަނިކުފާނު ވަނީ ވިިދާޅުވެފަ އެވެ.

ކީއްކުރަންހޭ ތިމަންނަމެން މިތަނަމެން ރެންޓް ދައްކަންވީ ތިމަންނަމެން ހަމަ މިތަނުގައި ރެންޓު ދައްކަ ދައްކައި ތިއްބައޭ އިބްރާހިމް މުހަންމަދު ސޯލިހު އައިސް، މިތަނުން ބިންތަކެއް ހިލޭ ދިނީ އަނެއްކައި މުއިއްޒުގެ ފަޒުލް ކޮށްފިއޭ އެކަން އެހެންވީމާ ދިވެހި ރައްޔިތުންނަކީ ދެވަނަ ދަރަޖައިގެ ބައެއް އުޅޭ ތަނެއް ނޫނޭ! ތިމަންނަމެން ކުލި ދައްކައިގެން ހަމަ މިބިމުގައޭ މިތިބެން ޖެހެނީ

ރައީސް ޔާމީން

މި ފައިސާ ދެއްކުމަށް އެފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އިންކާރު ކޮށްފައި ވެއެވެ އެފަރާތް ތަކުން ބުނެފައި ވަނީ އެފަރާތްތަކުން ރެންޓް ދައްކަމުން ދަނިކޮށް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރި ކަމުގައާއި އަދި މިސަރުކާރުންވެސް އެބޭފުޅުންގެ ގާތް މީހުން އިސް ކޮށް ރައްޔިތުން ނާއި ދޭތެރޭ ބޭއިން ސާފުން އަމަލު ކޮށްފައި ވާކަމަށެވެ.

އެއްބަޔަކު ރެންޓް ދައްކަ ދައްކާ ހަނާ ވާއިރު އަނެއްބަޔަކު ހަމަޖެހިލައިގެން އަމިއްލަ ގޯތީގައިތިބޭއިރު މި ދިވެހި ރާއްޖޭގައި ދެވަނަ ދަރަޖައިގެ ބަޔަކު ނޫޅޭނެ ކަމަށްވެސް އެފަރާތްތަކުން ބުނެފައި ވާކަމުގައި ރައީސް ޔާމިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved