March 19, 2026
Advertisement
މާލެ، ހުޅުމާލެ، އެއާޕޯޓުންގައި ވެސް ކަރަންޓެއް ނެތް
މާލެ، ހުޅުމާލެ، އެއާޕޯޓުންގައި ވެސް ކަރަންޓެއް ނެތް / ސްޓެލްކޯ

މައި އެއާ ޕޯޓާއި ހޮސްޕިޓަލްތައް ހިމެނޭ ހެން މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 1, 2025, 06:32 PM
މާލެ ސިޓީ

ސްޓެލްކޯ އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ އެވެ.

Advertisement

ސްޓެލްކޯއިން މައާފަށް އެދެމުން ބުނީ ކަރަންޓް ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.  އަދި އެ މައްސަލަ ދެނެގަނެ ކަރަންޓް ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

އެމްއޭސީއެލް އިން ދެންމެ ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެއްކޮށް ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެއާޕޯޓުން ކަރަންޓު ކެނޑިފައިވާކަން އެމްއޭސީއެލްއިން ހާމަކޮށްފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

މުޅި މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް މުއިއްޒު މިހާރު ވަނީ އަންގަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމްކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ގިނަ ހިދުމަތްތަކެއްހެން ވަނީ ހުއްޓިފަ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved