March 19, 2026
Advertisement
ދައުލަތުގެ އެންމެ މަތީ ވެރިޔާ މުއިއްޒު (ކ) ސްޓެލްކޯގެ އެންމެ މަތީ ވެރިޔާ ފަހުމީ (ވ)
ދައުލަތުގެ އެންމެ މަތީ ވެރިޔާ މުއިއްޒު (ކ) ސްޓެލްކޯގެ އެންމެ މަތީ ވެރިޔާ ފަހުމީ (ވ) / ރައީސް އޮފިސް

ކަރަންޓް ކެނޑުނު މައްސަލައިގެ ތަހުގީގެއް ރައީސް އެދިލައްވައިގެން ފުުލުހުން ފަށައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 1, 2025, 07:33 PM
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލާގައި ހާއްސަ ތަހުގީގެއް ފަށާފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.

Advertisement

މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.

މިކަމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާނެ ކަމަށެވެ.

މާލެ، ހުޅުމާލެ، ވިލިނގިލި އަދި ހުޅުލެއިން ކަރަންޓު ކެނޑިފައިވާތާ ދޮޅުގަޑިއެެއްހާއިރު ވެއްޖެ އެވެ. ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މުޅި ކަރަންޓު ގްރިޑު އެއްކޮށް ނިވުނީ އާތު ފޯލްޓެއްގެ ސަބަބުންނެވެ.

ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފަ،

ދާދި ދެންމެއަކުން ފުލުހުން ބުނެފައި ވެ އެވެ.

ސްޓެލްކޯ އިން ބުނީ، ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހުރެ ކަމަށެވެ. ކަރަންޓް ކެނޑުމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ގިނަ ހިދުމަތްތަކެއް ހުއްޓުމަކަށް އައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved