March 19, 2026
Advertisement
ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި ކުދިން ގެއަށް ފޮނުވައިލި
ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި ކުދިން ގެއަށް ފޮނުވައިލި / ފޭސްބުކް

ކަރަންޓު ކެނޑުމުން މާލެ ސަރަހައްދުގެ ސްކޫލުތައް މިއަދު ބަންދު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 1, 2025, 07:41 PM
މާލެ ސިޓީ

މުޅި މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމާއެކު މި ތަންތަނުގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި، ދަރިވަރުން ގެއަށް ފޮނުވައިލައިފި އެވެ.

Advertisement

މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން މިއަދު މެންދުރު ވަނީ ކަރަންޓު ކެނޑިފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަން އަންގަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައެއް މީޑިއާތަކަށް ވިދާޅުވީ ވިދާޅުވީ ސެޝަން ފެށިގަޑިއަށް ވެސް ކަރަންޓު ނުލިބޭތީ މިއަދު މެންދުރު ދަންފަޅީގެ ކުދިންނަށް ސްކޫލުތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ، ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހުރެ ކަމަށެވެ. ކަރަންޓް ކެނޑުމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ގިނަ ހިދުމަތްތަކެއް ހުއްޓުމަކަށް އައެވެ. ކަރަންޓު އަންނާނެ އިރެއް ސްޓެލްކޯއަކުން ނުބުނެ އެވެ.

ކުއްލި ގޮތަކަށް މުޅި، މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔުމާއެކު ހޮސްޕިޓަލްތައް ފަދަ މުހިންމު ތަންތަނުން ވެސް ކަރަންޓު ދިޔަ އެވެ. ކަރަންޓު ކެނޑުނު ތަންތަނުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދިން ކަމަށް ސަރުކާރުން ބުންޏެވެ.



ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved