މަޖިލިސް ތަޅުން / -
ހަބަރު, ސިޔާސީ
މާދަމާ މަޖިލިސް ފަށަނީ, އެޖެންޑާގައި ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދުން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 ޖޫން 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާކޮށް، މާދަމާއަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާ، މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފައިވެ އެވެ.

އެޖެންޑާގައި އެންމެ ބޮޑު ކަމަކަށް އޮތީ، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމުގެ މައްސަލަ އެވެ. މާދަމާގެ ޖަލްސާގައި ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާނަ އެވެ.

ރައީސް ފޮނުއްވި ނަންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސް އެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved