March 13, 2026
Advertisement
އީދަށް މާލެ ދިއްލާލައިފައި
އީދަށް މާލެ ދިއްލާލައިފައި / ސަން

އައިއެމްއެފުގެ ގޮވާލުމަށް ބެލުމެއް ނެތި ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ނިންމައިފި

Hussain Nawaf
ހުސައިން ނަވާފް
Jun 1, 2025, 11:30 PM

ހަރަދު ކުޑަ ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް އިން ކެނޑި ނޭޅި އިލްތިމާސްކުރަމުން ދަނިކޮށް ކުރިއަށް އޮތް ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

Advertisement

މާލޭގެ އިތުރުން 65 ރަށް ދިއްލަން ލައިޓު ހަރުކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓްރީން ކުރާކަންވަނީ ހާމަވެފައެވެ.

އަދި މި އަހަރުގެ ފިތުރު އީދާއި ދިމާކޮށް ކުލަ ބޮކި ހުރިހާ ރަށެއްވެސް ދިއްލާނެކަމަށް އެ މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.

ދައުލަތުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved