March 10, 2026
Advertisement
ރައީސުލް ޖުމުހުރިއްޔާ، ސައުދީން އައިކަމަށް ބުނާ ޕްރިންސްއާއި އެކު
ރައީސުލް ޖުމުހުރިއްޔާ، ސައުދީން އައިކަމަށް ބުނާ ޕްރިންސްއާއި އެކު / ރައީސް އޮފިސް

ރައީސް މުއިއްޒު ގެންނެވި "ޕްރިންސް"އާ ބެހޭ ގޮތުން ފޮރިން މިނިސްޓަރާ ސުވާލުކުރަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 2, 2025, 06:23 PM
މާލެ ސިޓީ

ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތަކާ ބައްދަލު ކުރެއްވުމަށްފަހު، ރައީސް ބައްދަލުކުރެއްވީ ސައުދީ ޝާހީ އާއިލާގެ އަމީރަކާ ކަމަށް ރައީސް އޮފީހުން ބުނެފައިވާ މައްސަލާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލުއާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

Advertisement

ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއުކުރީ މިދިޔަ މަހު ފަސްވަނަ ދުވަހެވެ.

މި "ޕްރިންސް" ގެ ވާހަކަ ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ވަނީ ނަގާފައި އެވެ. ކުރިން އެ އާޓިކަލްއަށް ދީފައިވާ ރިފަރެންސް ނަންބަރަކީ 405-2025:Ref އެވެ.

ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓަށް ވަދެ އެ ރިފަރެންސް ނަންބަރު ޖެހުމުން މިހާރު ދައްކަނީ އެ ހަބަރު ވެބްސައިޓުގައި ނެތް ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއްވީ ފަހުދު އަކީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ މީހެއްތޯ ބެލުމަށެވެ.

އޭގެ އިތުރުން، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސައުދީ އެމްބަސީން ބައިވެރިނުވީ ކީއްވެގެންތޯ އާއި އެ ކަމުގެ ސަބަބުން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ކުރޭތޯ ބެލުމަށް މީކާއިލް ވަނީ ސުވާލު ކޮށްފަ އެވެ.

ފަހުދު ސައުދު އަލް ޝަލަން ކިޔާ މީހަކު ރާއްޖެ އައީ، ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް، އެ ޕްރޮޖެކްޓުގެ މޫނުމަތި ރީތި ކުރުމަށެވެ. އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ނޫން ކަން އެއިރު ވެސް ނޫސްތަކުން ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved