April 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ޕޮލިސީ އިނީޝިއޭޓިވްގެ ނަމުގައި ކުރަނީ ވައްކަން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 2, 2025, 10:56 PM
މާލެ ސިޓީ

ޕޮލިސީ އިނިޝިއޭޓިވްގެ ނަމުގައި މި ސަރުކާރުން ކުރަނީ ވައްކަން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެެވެ.

Advertisement

ޕީޕަލްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޕޮލިސީ އިނީޝިއޭޓިވްގެ މާނައަކީ ހިނގަ ހިނގާ ހުރި ކަމެއް ބަދަލު ކުރުމެއް ނޫން ކަމުގައި

އެގޮތުން މި މަޝްރޫއުގެ ދަށުން އައިޖީއެމްއެޖްގެ އެޑްމިން ހޯލްގައި ޖަހާފައި ހުރި ޕާޓުޝަންތަކެއް ނައްޓާލުމަށްފަހު 75 ވޯޑްބެޑް ލައިފައިވާ އެ މަސްއްކަތުގެ އަގުވެސް ނުވަދިހަ މިލިޔަނަށް ވުރެވެސް މަތި ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ޕޮލިސީ އިނީޝިއޭޓް ނަމުގައި މިހާރު ހިންގަމުންދާ މަޝްރޫއުތަކަކީ ދިވެހިންނަށް ވާނުވާ ނާންގާ ކުރާ ވައްކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޕޮލިސީ އިނީޝިއޭޓިވް އެކޭ ބުނީމަ އޭގެ މާނައިގަ ޑިޕްލޮމެސީގަ ނޫނިއްޔާ ގަވަރނަންސްގަ އޭގެ މާނައިގަ އެހުންނަނީ ފަންޑަމެންޓަލް ބޮޑެތި ކަންކަން، އާ ކަންތައްތަކުގެ ވާހަކަ، އެއީ ހިނގަ ހިނގާ ހުރި ބަދިގެއެއް ބޮޑުކުރުމެއެއް ނޫން! އީއާރު ޔުނިޓް ބޮޑުކުރުމެއް ނުން! އެންމެފަހުން މިއިވުނީ އައިޖީއެމްއެޗްގަ އިނގޭ ތޯ އެތާ ހުރި އެޑްމިން ހޯލް، ހަމައެކަނި އެތަނުގަ ކުރި ކަމަކީ އެތާ ޖަހާފައި ހުރި ޕާޓްޝަން ތައް ނައްޓާލީ! ދެން އެތަނަށް މިލީ 75 އެނދު!

ރައީސް ޔާމީން

ވޯޑް ބެޑެއްގެ އަގަކީ ގާތްގަންޑަކަށް 15 ހާސް ދިވެހި ރުފިޔާ ކަމުގައި ވާއިރު ހަމައެކަނި ނައްޓާލި ޕާޓްޝަނަކަށާއި 75 އެނދަށް އެވަރު ހަރަދު ކުރީމާ، ރައީސް މުހައްމަދު މުއިއްޒުގެ ނިއު ޕޮލިސީ އިނީޝިއޭޓިވް އިން ރަނގަޅަށްވެސް ކައިފައިވާކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ ނިއު ޕޮލިސީ އިނީޝިއޭޓިވް އެކޭ ބުނެ ބޮޑެތި ހެޑްލައިން ގައި އައިޖީއެމްއެޖް ގައި 75 އެނދު ބަހައްޓައިފިއޭ ބުނެ ރައްޔިތުންނަށް މިވަނީ އޭގެ އަޑީގައިވާ ހަގީގަތް އޮޅުވާލާފައި ކަމަށާ މިކަހަލަ ޕޮލިސީ އިނީޝިއޭޓިވް އަކީ ރައްޔިތުންނަށް އޮޅުވާލުންތަކެއް އޮޅުވާލަން ރައްޔިތުން ރުޅިއެރުވުމަށް ކުރާ ކަންތައް ތަކެއް ކަމުގައި އެމަނިކުފާ ނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved