

ރައީސް ޑރ މުހައްމަދު މުއިއްޒަކީ އިސްލާމީ ވަހުދަތު ދަމަހައްޓަވާ އިސްލާމު ދިނު ދެކެ ނުހަނު ލޯބިފުޅުވާ އަދި މުސްލިމުންނަށް ނުހަނު ކަމޭހިތާ ވެރިއެއްގެ ގޮތުގައި ސަރުކާރު ޕްރޮމޯޓުކުރާ ބޮޓުންނާ މަޖިލިސް މެމްބަރުންނާ މިނިސްޓަރުންނާ ސްޓޭޓުންނާ މިހެން ގޮސް ސިޔާސީ މަގާމުތަކުގެ ކޮޅުމަތި ހުސްވަން ސޯޝަލް މީޑިޔާގައި ލިޔެ އުޅެއެވެ. އަދި ހަރުގެ ޖަލްސާތަކުގައި ނުހަނު އަޑު ހަރުކޮށް އެ ވާހަކަ ދައްކަންވެސް ދައްކައެވެ.
އެމަނިކުފާނު ދުވަސް ފަށަނީ ފަތިސް ނަމާދުންކަމާ އެކަން ދެއްކުމަށް ކެމެރާތައް އޮޓޯއިން މިސްކިތްތަކަށް ފަތިސް ގަޑިއަށް އަމިއްލައަށް ހިނގާފައި ނަމަހީވެސް ގޮސް އެމަނިކުފާނު ނަމާދު ކުރައްވާ މަންޒަރުތައް ފޮޓޯ ނަގާ މީސް މީޑީޔާގައި ދައުރުކުރެއެވެ.
މިހާ ހިސާބުން ހިތަށް އަންނަނީ އޮޕް އަރާ ވިދާ އެއްޗެއް ނަމަ އިތުރަށް އޮފް އެރުވުމުގެ ބޭނުމެއް ކޮބައި ބާއެވެ.
ކޮންމެ އަކަސް މިއަދު ރައީސް މުއިއްޒުގެ އަޅުވެރިކަމުގެ ވާހަކައާ އެމަނިކުފާނު އިސްލާމްދީނަށް ދެއްވާ އަހައްމިޔަތުކަމުގެ ވާހަކައާ މުސްލިމުންނާ މެދު ބަހައްޓަވާ ގާތް ކަމުގެ ވާހަކަ މި ގޮތަށް ރިޕޯޓެއްގެ ސިފައިގައި މި ގެންނަން ޖެހެނީ ސަބަބަކާވެސް ލައިގެންނެވެ.
އެހެނީ މިއަދު ރާއްޖޭގެ ބައެއް މީޑީޔާތަކުގެ ފަލަ ސުރުޚީއިން ފެނިގެން ދިޔައީ މުސްލިމުންނަށް އެންމެ އަނިޔާވެރި އެއް ވެރިޔާކަމުގައިވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަންނަ ވާހަކައެވެ.
އެގޮތުން ޒަމާނުއްސުރެ އިންޑިއާގެ އެއާރބޭސްއަކަށް ހަނިމާދޫ ހެދުމުގެ ހިޔަޅު ވިސްނުން ގެންގުޅޭ މޯދީ ރާއްޖެ އަންނަނީ ހަނިމާދޫ އެއާޕޯޓު ހުޅުވަން ކަމަށް ވެއެވެ. މިކަން އަދި ރާއްޖޭގެ ސަރުކާރަކުން ހާމަނުކުރެއެވެ. މީގެ ދުސްކޮޅެއް ކުރިން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލުއާ މިކަމާ ސުވާލުކުރަމުން އެއީ އެ މިނިސްޓަރަށް ރޭކާވެސް ލާފައި އޮތް ކަމަކަށް ނުވިއެވެ. ނަމަވެސް އޭގެ 5 ދުވަސް ފަހުން އިންޑިއާގެ މީޑިޔާތަކުގައި މި ވާހަކަ ވަނީ ރިޕޯޓުކޮށްފައެވެ.
އެހެންކަމުން ބެލެވޭ ގޮތުގައި ރައީސް އޮފީހަށް މި މައުލުމާތު ނިލިބި ނޯންނާނެއެވެ. އެހެނީ ގައުމެއްގެ އެވަރުގެ ވެރިއަކު ވަޑައިގަންނަވާއިރު ރައިީސުލްޖުމްހޫރިއްޔާ އިސްތިގުބާލަސް ވަޑައިގެންނެވުމަކީ ޕްރޮޓޮކޯލްގައި އޮންނަ ކަމަކަށް ވީމައާވެސް އެކުއެވެ.
ކޮންމެ އަކަސް މޯދި ރާއްޖެ އަންނަ ވާހަކަ އިންޑިއާގެ މީޑީޔާތަކުގައި ރިޕޯޓުކޮށްފައިވާއިރު އޭނާ ރާއްޖެ އަންނަނީ ރާއްޖޭގެ މިނިވަން ދުވަހާ ވެސް ދިމާކޮށެވެ. މިއީ ހަމަ އިއްތިފާގެއްބާއެވެ.
މޯދީ ރާއްޖެ މިއަންނަ ދަނޑިވަޅަކީ މޯދީގެ ބީޖޭޕީ ސަރުކާރަ އަދި ޚުދު މޯދީގެ ވެސް އިސްނެގުމާ އެކު އިންޑިއާގެ ކަޝްމީރާ އަދި ޕާކިސްތާނުގެ ގިނަ މުސްލިމުންތަކަށް އަނިޔާވެރިވެފައިވާތީ އޭނާއާ މުސްލިމު ގިނަ ގައުމުތަކުގެ ވެރިން މުޅިން އެއްކޮށް ކަހަލަ ގޮތަކަށް ގުޅުން ކަނޑާލަފައިވާ ދަނޑިވަޅެއްގައެވެ.
ޕާކިސްތާނަށް ދިން ހަމަލާއެކު މުސްލިމު ގައުމުތަކުގެ މެދުގައި މޯދީ ބާކީވެ ވާހަކަ ދައްކާނެ ބަޔަކު ނުވެފައި ހުއްޓާ، އެއްކަލަ ދީނީ ވަހުދަތު ދަމަހައްޓާ މުސްލިމުންނަށް އަބަދުވެސް ވާގިވެރިވާނެ ކަމަށާ މުސްލިމުންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ދައުވާ ކުރައްވާ ރައީސްގެ ސަރުކާރުގައި ރާއްޖެއަށް މޯދީ އައުން މިއީ ބައިވަރު ސުވާލު އެކަމުގެ ތެރޭގައި އުފެދޭ ކަމެކެވެ.
އިންޑިއާގެ ފައި ބުޑަށް ރާއްޖެ ވެއްޓި ހުސްވީބާއެވެ؟ އިންޑިއާއަށް ދައްކަން ހުރި ދަރަނީގެ ދަންތުރައިގެ ވާފަށް ބާރުވެ ރާއްޖެ ނޭވާ ހާސްވެ ގޮތް ހުސްވީބާއެވެ؟ ދުނިޔގޭ އެއްވެސް ގައުމަކުން ރާއްޖެއަށް އެހީ ނުދިނުމުން އިންޑިއާ ކުރިމަތީ ކުޑަކަކޫ މައްޗަށް ތިރިވީހެއްވެ؟ ބިކޮޒް ވީއާރ އަ ސްމޯލް ކަންޓްރީ، އިޒް އަވަރަ ޕްރެޒިޑެންޓު އޮޕެނިން ޑޯސް ފޯ ބުލީން ހެއްޔެވެ؟ މިހެން ގޮސް ބައިވަރު ބައިވަރު ސުވާލުތަކެވެ.
މޯދީ އާ ބީޖޭޕީއަކީ މުސްލިމުންނަށް ކުރާ އަނިޔާތަކުގެ ސަބަބުންހުދު އެމީހުންގެ އަމިއްލަ ގައުމުގައިވެސް ގިނަ ބައެއްގެ ނުުރުން އަމާޒުވެފައި ބަޔަކަށްވާއިރު، އަދި އަމުދުން އޭނާގެ ރަހުމު ކުޑަކަމާ ޖައްބާރުކަމުން މުސްލިމުންނަށް އެތައް އަނިޔާވެ އެތައް ބަޔަކު ޝަހީދުވުމުން މުޅީ މުސްލިމު ދުނިޔެ މޯދީ ބާކީ ކޮށްލީމާ ރާއްޖެއިން އޭނާ މި ބަލައިގަންނަނީ ހަމަ މުސްލިމުންނަށް ރައީސް މުއިއްޒުގެ ހިތްޕުޅުގައި އޮތް ނުގުޑާ ލޯބީގެ އަސަރު ބޮޑުކަމުން ބާއެވެ؟
ޕާކިސްތާނުގެ ވެރިން މުޅީ ދުނިޔޭގެ އެކި ގައުމުތަކަށް ޒިޔާރާތްކޮށް ވެރިންނާ ބައްދަލުކުރަމުން ގެންދާއިރު އިންޑިއާގެ ނަރެންދްރަ މޯދީއަށް ރާއްޖެއިން މިފަދަ މަރުހަބާއެއް މިކިޔަނީ ބާކީވެ ވާހަކަ ދައްކާނެ ބަޔަކު ނުވެފައި ހުއްޓައެވެ.
އަނެއްކާ ރައީސް މުއިއްޒު އިސްލާމުދީނަށް ނަސްރު ދެއްވާ ގޮތަކީ މުސްލިމުންނަށް އަނިޔާކުރާތީ ދުނިޔެއިން ބާކީ ކޮށްފައި ހުރި މީހަކު ގާތްކޮށް ގައުމަށް މަރުހަބާ ކިޔައިގެން ބާއެވެ؟