އިމްގްރޭޝަން އޮފިސަރުންތަކެއް ބިދޭސީންތަކަކާ ސުވާލު ކުރަނީ / އިމިގްރޭޝަން
ހަބަރު
ގައިން ގަޔަަށް އަރާ ބައްޔެއް ޖެހިފައި ހުރި ބިދޭސީއަކު ފުރަން ފޮނުވުމުން ފިލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
02 ޖޫން 2025
މާލެ ސިޓީ

ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ ބިދޭސީއަކު ބޭސް ފަރުވާ ކުރުމަށް އަނބުރާ ގައުމަށް ފޮނުވާލުމުގެ ގޮތުން ފުރަން އެއާޕޯޓަށް ފޮނުވުމުން ފިލައިފިއެވެ.

ވިލިމާލޭގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތަކު، ގައުމަށް އަނބުރާ ފޮނުވާލަން ވެރިފަރާތުން އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޮނުވި ނަމަވެސް އޭނާ ރާއްޖެއިން ފުރާފައި ނުވާކަން މޯލްޑިވްސް އިމިގްރޭޝަން އިން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އަންގާފައިވެއެވެ.

އެގޮތުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 31 އަހަރުގެ ރޫހުލް އަމީން ނަމަކަށް ކިޔާ މި މީހާއަކީ ރާއްޖެ އެތެރެކޮށް ވިލިނގިލީގައި ކާޕެންޓްރީ މަސައްކަތް ކުރަން ދިވެއްސެއްގެ ބެލުމުގެ ދަށުން ހުރި މީހެކެވެ. އޭނާގެ ވިސާގެ މުއްދަތު ހަމަވެ ވިސާ އައުކުރަން މެޑިކަލް ޗެކަޕް ހެއްދުމުން ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައި ހުރިކަން އެނގި އެކަން ކޮމިނިކަބަލް ޑިސީސެއް ހުރި ކަމަށް އެޗްޕީއޭއިން އެންގުމުން އޭނާ ފުުރވާލަން ނިންމާ މެއި 26 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޮނުވުމުގެ ގޮތުން ފެރީއަށް އެރުވި ކަމަށްވެއެވެ.

އެ މީހާ އަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރަމުންދާ މީހެކެވެ. ބިދޭސީ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ 7478833 އަށް ގުޅުމަށް އެދިފައިވެއެވެ. އެ މައްސަލަ ފުލުހަށް ހުށަނާޅާ ކަމަށް އޭނާ މަސައްކަތްކުރަން ގެނައި ކުންފުނިން ބުނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved