April 26, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ރައްޔިތުންނަށް އެތައް ހިދުމަތެއް ކޮށްދެއްވި ފަރާތާއި މެދު ނާއިންސާފުވެރި ވެއްޖެ: ޑރ.ޖަމީލް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 3, 2025, 09:04 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ރައްޔިތުން ނުދެކޭ ފަދަ އެތައް ތަރައްގީއެއް ގައުމަށް ގެނައި ބޭފުޅަކާއި މެދު ބޭއިންސާފު ވެރިވެއްޖެ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ގިނަ ގުނަ ހިދުމަތްތަކެއް ރާއްޖެ ކޮށްދެއްވައިފައިވާ ރައީސްއަކާއި މެދު މިހާރު ސަރުކާރުން އަމަލު ކުރަމުންދާފަދަ ގޮތަކަށް އަމަލުކުރެވިގެން ނުވާނެ ކަމަށާއި އެމަނިކުފާނަށް ކޮށްފައިވާ ހުކުމަކީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށެވެ.

ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމާއި މެދު ފާޑު ވިދާޅުވަމުން ޑރ ޖަމީލު ވިދާޅުވީ، މިއަދު ސުވާލު އުފެދެނީ އެމަނިކުފާނުގެ ކުށަކީ ދިވެހިންނަށް މިފަދަ ބޮޑެތި ހިތުމަތް ތަކެއް ކޮށްދިނުން ކަމާ މެދުގައި ކަމަށެވެ.

ދިވެހިރާއްޖޭގައި މިއޮތް ވަރުގަދަ ބޭއިންސާފެއް މިހާ ބޮޑު އަނިޔާއެއް ރާއްޖޭގަ އަދި އަޅުގަނޑު މެން ހަނދާން ނައްތާލައިގެން ނުވާނެ ދެއްތޯ ރަނގަޅު އެއްވެސް ފަރުދަކަށް އަނިޔާ ކޮށްގެން ނުވާނެ، ރައީސް ހުންނެވީމަކާ ނޫންއިނގޭތޯ! އެކަމަކު މިދައްކަނީ ވަރަށް ހިދުމަތް ތަކެއް ރާއްޖެ ކުރައްވާފައި ހުރި ރައީސް އެއްގެ ވާހަކަ! ކިހިނެއްވެގެންތޯ މިއުޅެނީ ކޮބައިތޯ ކުށަކީ؟

ޑރ. ޖަމީލް

އިބްރާހިމް ނާސިރްގެ ވެރިކަމާއި އަދި ހަމައެހެންމެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު 30 އަހަރުން ފެށިގެން މިއަދާއި ހަމަޔަށް ރައްޔިތުން ނުދެކޭނެ ފަދަ މަންޒަރުތަކެއް ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުގައި ދިވެހިންނަށް ފެނިއްޖެކަމަށެވެ. މި މަންޒަރުތަކަކީ ވެދާނެ ކަންތަކެއް ކަމުގައި ދިވެހިން ގަބޫލުވެސް ނުކުރާނެ އަދި ހަމައެހެންމެ އެތައްބަޔަކު ނުވާނެ ކަމަށްބުނި ކަންތަކެއް ކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.

މާލެ އާއި ހުޅުމާލެއާއި ގުޅާލުމަށް ޓަކައި އެޅުއްވި ބްރިޖަކީ އިންޖިނިއަރިން ގޮތުން އިންޕޮސިބަލް ކަމެއް ކަމުގައި، ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި މިއާއިއެކު ހުޅުމާލޭގެ ތަރައްގީއާއި، ފޭސް2 ގައި އަޅާފައިވާ ހިޔާ ފްލެޓް ތަކަށް ބަލާއިލުމުން ވެސް އެމަނިކުފާނު ކުރައްވާފައިވާ ހިދުމަތްތައް ފެންނާނެ ކަމުގައި ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް މިފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހިދުމަތްތެރި ދަރިޔަކާއި މެދު މިފަދައިން ކަންތައް ކޮށްގެން ނުވާނެ ކަމުގައި ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved