March 19, 2026
Advertisement
ދައުލަތުގެ އެންމެ މަތީ ވެރިޔާ މުއިއްޒު (ކ) ސްޓެލްކޯގެ އެންމެ މަތީ ވެރިޔާ ފަހުމީ (ވ)
ދައުލަތުގެ އެންމެ މަތީ ވެރިޔާ މުއިއްޒު (ކ) ސްޓެލްކޯގެ އެންމެ މަތީ ވެރިޔާ ފަހުމީ (ވ) / ރައީސް އޮފިސް

މެއި މަހުގެ ބިލު ބޮޑުވީ ސަރުކާރުން ޑިސްކައުންޓް ނުދޭތީ: ސްޓެލްކޯ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 4, 2025, 04:11 PM
މާލެ ސިޓީ

މިދިޔަ އޭޕްރިލް މަހާ އަޅާ ބަލާއިރު މެއި މަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ދައްކަނީ އޭޕްރިލް މަހުގެ ބިލަށް ޑިސްކައުންޓް ލިބި މޭ މަހުގެ ބިލަށް ސަރުކާރުން ޑިސްކައުންޓް ނުދޭތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Advertisement

އާންމުކޮށް، ކޮންމެ މަހަކުހެން ކަރަންޓު ބިލު ލިބުމުން ބިލު ބޮޑުކަމަށް ބުނެ، ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އަދި އެ ޝަކުވާގެ އަޑު އަންނަނީ ވަރަށް ގަދަ ވަމުން ނެވެ.އެގޮތުން، މިމަހުގެ ކަރަންޓު ބިލު ލިބުމުން އޭޕްރީލް މަހަށް ވުރެ ބޮޑުވެފައިވާ ކަމަށް ބުނެ، ބައެއް މީހުން ވަނީ ސޯޝަލްމީޑިއާގައި މިދިޔަ މަހުގެ ބިލު ހިއްސާކޮށްފަ އެވެ.

ބިލްބޮޑުވެ ރައްޔިތުން ޝަކުވާ ކުރަން ފެށުމުން ސްޓެލްކޯއިން ބުނީ މެއި މަހުގެ ކުރިން ފޮނުވާފައިވާ ތިން ބިލުގެ ތެރޭގައި ދެ ބިލަކީ ރަމަޟާން މަހާ ދިމާކޮށް، ސަރުކާރުން ދެއްވާފައިވާ ޑިސްކައުންޓް ހިމެނޭ ދެ ބިލެވެ.

އަދި އަނެއް ބިލަކީ ކުރު މުއްދަތަކަށް ކޮށްފައިވާ ބިލެކެވެ. އެހެންވެ ޓެރިފުގެ ބަދަލާއެކު ކަރަންޓު ބިލުތަކަށް އައި ހަގީގީ ފަރަގު ފެންނާނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ބިލު ނުވަތަ މި އަހަރުގެ ޖެނުއަރީ މަހުގެ ބިލު އަޅާ ކިއުމުން ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން ވަނީ މި މަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގާފަ އެވެ.

އެ އެންގެވުމާ އެއްގޮތަށް ފެނަކައިން ވެސް ވަނީ، މިދިޔަ މަހުގެ ބިލަށް ޓެރިފް ކުޑަކުރަން ނިންމާފަ އެވެ.

ނަމަވެސް ބިލްތަކުން ކަރަންޓަށް ރައްޔިތުން ކުރާ ހޭދަ ކުޑަވާ ތަނެއް ނުފެނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved