April 3, 2026
Advertisement
ޝަމްޢާން ވަހީދު
ޝަމްޢާން ވަހީދު / އިމިގްރޭޝަން

ޝައްމާންގެ އިސްތިއުނާފު ސުޕްރީމު ކޯޓުން ބަަލައިގެންފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 4, 2025, 09:53 PM
މާލެ ސިޓީ

އިމިގްރޭޝަންގެ ކުރިގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ބަންދުކުރަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފިއެވެ.

Advertisement

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން ބަދަލުކޮށް ޝަމްއާންގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގެން

ޝަމްއާން ބަންދުކުރަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެއީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް އިސްތިއުނާފީ ނުކުތާތަކުގައި ބުނެދީފައި ނުވާތީ ކަމަށް ބުނެއެވެ.

ނަމަވެސް ރެޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ނިންމާފައި ވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނާ ގާނޫނީ ސަބަބުތަކެއް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާފައި ވަނީ ގާނޫނީ ބަހުސްކުރެވޭ ނުކުތާތަކެއްގެ މައްޗަށް ކަމަށް ވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފައެވެ. އެއީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުމުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved