April 26, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

އަނިޔާވެރި ވެރިކަމުން ގައުމު ސަލާމަތްކޮއްދެއްވުމަށް ޑރ. ޖަލީލް ދުޢާ ދަންނަވައިފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 5, 2025, 11:20 PM
މާލެ ސިޓީ

ރައީސް ޑރ.މުހަންމަދު މުއިއްޒުގެ އަނިޔާ އިން ދިވެހި އުންމަތް ސަލާމަތް ކުރައްވާތޯ، ދުޢާ ދެންނެވުމަށް ކުރީގެ ނައިބުރައީސް މުހައްމަދު ޖަމީލު އަހުމަދު އެކްސް ގައި ޕޯސްޓް އެއް ކުރައްވައިފި އެވެ.

Advertisement

އެމަނިކުފާނު ގެ ޕޯސްޓް ގައި ވަނީ އަރަފާތު ދުވަހުގެ މާތް ވަގުތު ކޮޅުގައި ރައީސް މުއިއްޒުގެ އަނިޔާވެރިކަމާއި މިބައި ރޭވުންތަކުން ގައުމު ސަލާމަތް ކުރުމަށް އެދި އެންމެހައި ދިވެހިން ނަށް ދުޢާ ދެންނެވުމަށެވެ.

މުއިއްޒުއަކީ ފާޅުކަން ބޮޑުކޮށްރައީސް ޔާމީނުގެ ނަމުގައި ވެރިކަން ހޯދައި މިއަދު އެމަނިކުފާނަށާ ދިވެހި ރައްޔިތުންނަށް އަނިޔާވެރި ވަމުންދާ ބޭފުޅެއްކަމުގައެވެ.

ރައީސް މުއިއްޒު ވެރިކަމަށް އައުމައްޓަކައި އޮހޮރުވި އެކަރުނަތަކާ، އާދޭސްތަކަކީ ރައްޔިތުންނަށް ހެދި ބޮޑަތި މަކަރު އަދި ދޮގުތައްކަން މިއަދު ސާބިތުވެއްޖެ ކަމުގައެވެ.

ދިވެހި ރާއްޖެ ކުރިމަތި ވެފައި މިވާ ހިތާމާއިން ސަލާމަތް ކޮށް ދެއްވުމަށް އެދި ދުޢާ ދެންނެވުމަށް ޑރ. ޖަމީލު ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved