April 22, 2026
Advertisement
ހުޅުމާލޭ ފޭސް 2
ހުޅުމާލޭ ފޭސް 2 / އެޑިޝަން.އެމްވީ

މިއަދު ހުޅުމާލޭގައި ވެހިކަލް ދުއްވޭނެ: ޓްރާންސްޕޯޓު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 6, 2025, 09:08 PM
މާލެ ސިޓީ

މިއަދު ފާހަގަކުރާ ބޮޑު އީދު ދުވަހާ ގުޅިގެން ހަވީރު 16:00 އިން 18:00އަށް މާލެ ސަރަހައްދުގައި އުޅަނދުތައް ދުއްވުން މަނާކޮށްފައި ވަނިކޮށް، ހުޅުމާލޭގައި ހަވީރު ވެހިކަލް ދުއްވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައިފި އެވެ.

Advertisement

މިދިޔަ ބުދަ ދުވަހު މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވާ ގޮތަށް ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދާއި އަޟްހާ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ.

އެގޮތަށް ނިންމާފައި އޮތުމުން މިއަދު ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލޭގެ އާންމު ހުރިހާ މަގުތަކެއްގައި އިންޖީނުލީ އުޅަނދާއި ބެޓަރީ އުޅަނދު ދުއްވުން މަނާވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި އޮތީ ވެހިކަލް ދުއްވުން މަނަލީ މާލެ އާއި ވިލިމާލޭގައި ކަމަށެވެ. ފުލުހުން ވެސް މިއަދު ބުނީ މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާ ކަމަށެވެ. ހުޅުމާލޭގެ ވާހަކައެއް ނުބުނެ އެވެ.

މި ނިންމުމާ ހިލާފުވެއްޖެ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުންވެ ސް މިއަދު ކުރި ޕޯސްޓެއްގައި މާލެ އާއި ވިލިމާލޭގައި ހަވިރު އެއްގަމު އުޅަނދު މަނާވާނެކަން ފާހަގަކޮށްފައިވެ އެވެ. އޭގައިވެ ސް ހުޅުމާލެ ނުހިމެނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved