March 9, 2026
Advertisement
 ށ. ފުނަދޫ އެއާޕޯޓް
ށ. ފުނަދޫ އެއާޕޯޓް / ފޭސްބުކް

ބޮޑު އީދު ބަންދުގެ މެދުން ފުނަދޫ އެއާޕޯޓަށް ކުރާ ދަތުރުތައް ހުއްޓާލާ އެއާޕޯޓް ބަންދުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 7, 2025, 04:07 PM
މާލެ ސިޓީ

މިހާރު ކުރިއަށްދާ ބޮޑު އީދުގެ ބައްދަށް ރާއްޖޭގެ އެތައް މިތަނަށް ދިވެހިން ވައިގެ މަގުން ދަތުރުކުރަމުން ދަނިކޮށް ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފި އެވެ.

Advertisement

މޯލްޑިވިއަން އިން މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ފުނަދޫ އެއާޕޯޓް ބަންދުކޮށްފައިވާތީ މިއަދު އެއެއާލައިންގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ.

އައިއޭއެސް އިން ބުނީ މިކަމާ ގުޅިގެން މައާފަށް އެދޭ ކަމަށް ވެސް ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވެ އެވެ.

މޯލްޑިވިއަން އިން ފުނަދޫއަށް ދަތުރު ކުރަނީ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަސް އަދި ހޮނިހިރު ދުވަހުއެވެ.

ފުނަދޫ، އެއާޕޯޓްގެ މަަަސަައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. ފުނަދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވީ 2020 ގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved