theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ / ރައީސް އޮފިސް
ހަބަރު
ސިޔާސީ މުވައްޒަފުންނަށް ހަމައެކަނި ލިވިން އެލަވަންސަށް 5.42 މިލިއަން ރުފިޔާ ހަރަދުކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
07 ޖޫން 2025
މާލެ ސިޓީ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އުފެއްދި ފަހުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ސިޔާސީ މުވައްޒަފުންނަށް ހަމައެމަނި ލިވިން އެލަވަންސަށް 5.42 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މި މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން އޮންލައިން އިން އެދިގެން ދިން މައުލޫމާތެވެ. މި މައުލޫމާތުން އިނގޭ ގޮތުގައި 17 ނޮވެންބަރު 2023އިން ފެށިގެން މި އަހަރުގެ އޭޕްރިލް 30ގެ ނިޔަލަށް ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް ކުރި ޚަރަދު އެމިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު 48އަށް އަރާއިރު އޭގެ ތެރޭގައި 3 ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުން ހިމެނެއެވެ. އަދި ހަމައެހެންމެ 21 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 13 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމުގެ މައުލޫމާތުގަވަނީ ލިބިފަވއެވެ.

މި ހުރިހާ މިނިސްޓަރުން ނަށް މުސާރައިގެ އިތުރުން ފޯނު އެލެވެންސް އަދި ލިވިން އެލެވެންސް ލިބޭ ކަމުގެ މައުލޫމާތު ވަނީ ހާމަވެފަ އެވެ.

މިއަހަރުގެ އެޕްރީލް މަހާއި ހަމައަށް އެކަނިވެސް އެ މިނިސްޓްރީން ވަނީ 6.91 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހަރަދު ކޮށްފަ އެވެ. އަދި މިޔާއި އެކު، ފޯނު އެލަވަންސް 335،508.58 ރުފިޔާ ހަރަދުކޮށްފައިވާއިރު، ލިވިން އެލަވަންސަށް 5.42 މިލިއަން ރުފިޔާ ދީފައިވެ އެވެ.

ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރީގެ ގިނަ ސަރުކާރުތަކުން ކުރަމުން އައީ ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެކަމަށް ވަކި މިނިސްޓްރީއެއް އުފެއްދައިފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved