March 20, 2026
Advertisement
އާޒިމާ ޝަކޫރު
އާޒިމާ ޝަކޫރު

އާޒިމާއަށް ނޫނެކޭ ބުނަންވީ 5 ސަބަބެއް ޑރ. ޖަމީލް ދެއްވައިފި

Faina Faiz
ފައިނާ ފާއިޒް
Jan 10, 2024, 01:19 AM
މާލެ ސިޓީ

މި ސަރުކާރުގެ މޭޔަރު ކެންޑިޑޭޓު، އާޒިމާ ޝުކޫރަށް ނޫނުކޭ ބުނަންޖެހޭ މައިގަނޑު ފަސް ސަބަބެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްވައިފިއެވެ.

Advertisement

އެކްސްގައި ޑރ. ޖަމީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި ފަސް އަހަރީ ޕީޕީއެމްއަށް ދިމާވި އެންމެ އުނދަގު އަހަރުތައް ކަމަށެވެ. ނަމަވެސް މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓޫ އެ ފަސް އަހަރުތެރޭ ޕާޓީގައި ނެތްކަމަށް އެމަނިކުފާނު ފާހަކުރެއްވިއެވެ.

ނިމިދިޔަ ސަރުކާރުން ކާނިވަލްގެ ކަނޑުވިއްކާލުމާއި ދެކޮޅަށް ބޭއްވި ބޮޑު ޖަލްސާއި އާޒިމާ ވަނީ އެކަމަނާ އަކީ މިހާރު ސިޔާސީ މީހެއް ނޫން ކަމަށް ފާޅުގައި ވިދާޅުވެފައިވާކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ. ނަމަވެސް އާޒިމާ މޭޔަރު ކަމަށް ކުރިމަތިލައްވަނީ އަމިއްލަ ގޮތުން ނޫންކަން ފާހަކޮށްލެެވެއެވެ.

ރައީސް ޔާމީނަށް އެ ޕާޓީއިން ރިޔާސީ ޓިކެޓް ދިނުމުން އާޒިމާ ވިދާޅުވީ މިފަހަރު ތާއީދުކުރެވެން ނެތް ކަމަށާއި އެކަމަނާ ދާނީ ކާނަލް ނާޒިމާއެކު ކަމަށް ކަމަށްވެސް ޑރ. ޖަމީލުގެ ޕޯސްޓުގައި ވަނީ ބަޔާންކޮށްފައިއެވެ.

މި ސަރުކާރުގެ މޭޔަރު ކެންޑިޑޭޓަށް 2013 ވަނަ އަހަރުވެސް ޕީޕީއެމް ފެނުނީ އެ ޕާޓީއިން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުންކަމަށާއި މި އަހަރުވެސް އެކަމަނާއަށް ޕީޕީއެމް ފެނުނީ އެ ޕާޓިއިން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުންކަމަށް ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން މިނިވަން ނުކުރުމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު އަދި ރައީސްގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއެކު މަކަރުވެރި ރޭވުމުގައި ހިމެނޭ 3 ވަނަ ފަރާތަކީ މި ސަރުކާރުގެ މޭޔަރ ކެންޑިޑޭޓް އާޒިމާކަމަށްވެސް ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމަށް އަރާވަޑައިގަތީ ރައީސް ޔާމީން ހަރާމް ހުކުމުން މިނިވަން ކުރައްވާނެ ކަމަށް ވައުދުވެލައްވާފައިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި ރައީސް ޔާމީން އެކަހެރި ކުރެއްވުމުން ރައީސް ޔާމީން އެމަނިކުފާގެ އަމިއްލަ ސިޔާސީ ޕާޓީކަމުގައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓު ޕީއެންއެފް އުފައްދަވާފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved