March 20, 2026
Advertisement
މަށިމާލި ޕެރޭޑް
މަށިމާލި ޕެރޭޑް / ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީގެ މަށިމާލިޕެރޭޑުން ރައްޔިތުންގެ ޝުޢޫރު ދައްކާލައިފި!

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 8, 2025, 05:22 PM
މާލެ ސިޓީ

ކުޅުދުފުށި ސިޓީ ގައި އިއްޔެ ވަނީ މަށިމާލި ޕެރޭޑެއް ބާއްވާފަ އެވެ.

Advertisement

މިއަހަރުގެ އަޟްހާ އީދު ކުޅުދުފުށީގައި ދަނީ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ ޝައުގުވެރި ކުޅިވަރެއް ގޮތުގައި ފާހަގަ ކުރެވުނީ އިއްޔެ ހަވީރު ބޭއްވި މަށިމާލި ޕެރޭޑެވެ.

މިޕެރޭޑުން ފެނިފައިވަނީ، މިސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައިވާ ނުރުހުން ކަން ފާހަނގަ ކުރެވެއެވެ.

ރައީސް ޑރ.މުއިއްޒު ވެރިކަމުގެ ދަހިވެތިކަމުގައި ވެފައިވާ ނުފުއްދޭ ވައުދުތަކާއި، ބަންކަރިން ޕްރޮޖެކްޓާއި ނޫސްވެރިން ގެ އަގުބޮޑު ވަގުތު ނަގާލާ ބޭއްވި ސާދަ ގަޑި އިރުގެ، ނިއުސް ކޮންފަރެންސާއި ގުޅޭ މާލިތައްވެސް ވަނީ ފެނިފައެވެ. އަދި މީގެއިތުރުން ވެސް ތަފާތު އެތަކެއް މާލިތައް ވަނީ ދައްކާލާފައެވެ.

ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި އޮތް ޝަކުވާ މި ޕެރޭޑުން ފެނިގެންދެއެވެ.

ޕެރޭޑް ބަލައިލުމަށް ރަށުގެ ގިނަބަޔަކު އެއްވެފަ ވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved