March 22, 2026
Advertisement
އިންޑިއާ ބަޔަކު ގެރިގުއި ބޭނުން ކޮށްގެން ދަތްއުގުޅާ ބެސް ހަދަނީ
އިންޑިއާ ބަޔަކު ގެރިގުއި ބޭނުން ކޮށްގެން ދަތްއުގުޅާ ބެސް ހަދަނީ / ފޭސްބުކް

ގެރިގުއި ބޭނުން ކޮށްގެން އިންޑިއާ މީހުން ދަތްއުގުޅާ ބޭސް އުފައްދަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 8, 2025, 06:38 PM
މާލެ ސިޓީ

ގެރިގުއި ބޭނުން ކޮށްގެން އިންޑިއާ މީހުން ދަތްއުގުޅާ ބޭސް އަދި ޝޭމްޕޫ އުފައްދައިފި އެވެ.

Advertisement

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާގެ ރިސާޗަރުން ބޭނުންކޮށްގެން ގެރިގުއިން އުފެއްދިދާނެ ބާއްވަތްތައް އަންނީ ހޯދަމުން ނެވެ.

އެގޮތުން ގެރިގުއިން ދަތް އުގުޅާ ބޭހާއި ޝޭމްޕޫ އުފެއްދިދާނެ ކަމަށް ސައިންވެރިން ބުނެފައިވާ ކަމަށެވެ.

މީގެއިތުރުން ބަލިތަކުން ދިފާއުވުމާއި ދިފާއީ ނިޒާމްގެ ބަލިތަކާއި ކިޑްނީ ބަލިތަކާއި އެސްމާއާއި އަދި ކެސްސަރަށް ވެސް ގެރިގުއިން ފަރުވާ ހޯދިފައިވާ ކަމަށް ސަރުކާރަށް މިހާރު ލިބިފައިވާ ޕްރޮޕޯސަލްތަކުން ސާފުވާ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ މިދެންނެވި ބަލިތަކަށް ބޭނުންކުރާ "ގުއި/ގޮރު" ހޯދަނީ ވަކިހާއްސަ ގެރިތަކަކުންކަމަށާއި އަދި މިފަދަ ގެރި ހުރީ ވެސް ދުނިޔެއިން އިންޑިއާގައި ކަމަށެވެ. ނަމަވެސް އެއީ ކޮންބާވަތެއްގެ ގެރިއެއް ކަމެއް އެމީހުން ބުނެފައެއް ނުވެ އެވެ.

އިންޑިއާގެ ނޫހުން އިތުރަށް ބުނީ ގެރި ގުއިގެ އުފެއްދުންތަކުން ތިމާވެއްޓާއި ރައްޓެހި ގޭތެރޭގައި ބޭނުން ކުރާ ފްލޯކްލީން ވެސް އުފައްދާނެ ކަމަށާއި މިކަމުގެ ރިސާޗް ކަރުދާސް އިތުރަށް ދިރާސާކުރުމަށް ސަރުކާރުން ބާރު އަޅާކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved