April 8, 2026
Advertisement
ސައުދީ ވަލީއަހުދާ ރައީސް މުއިއްޒުގެ ބައްދަލުވުމުގެ ތެރެއިން
ސައުދީ ވަލީއަހުދާ ރައީސް މުއިއްޒުގެ ބައްދަލުވުމުގެ ތެރެއިން / ރައީސް އޮފިސް

ރައީސް މުއިއްޒުއަށް އެންމެ ފަހުން ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާންއާ ބައްދަލުވާ ގޮތް ވެއްޖެ

Jun 8, 2025, 08:27 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒަށް އެތައް ދުވަހުގެ މަސައްކަތަށް ފަހު ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުވާ ގޮތް ވެއްޖެއެވެ.

Advertisement

ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން، ހޮނިހިރު ދުވަހު މިނާ ގަނޑުވަރުގައި މޮރިޓޭނިއާގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސް އާ ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފައިވާ ކަމަށް ސައުދީ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.

ހައްޖު އަޅުކަމުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް މިނާއަށް ވަލީއަހުދު މުހައްމަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މޮރިޓޭނިއާގެ ރައީސް މުޙައްމަދު އުލްދު ޝެއިޚް އަލް ޣަޒުއާނީގެ ބައްދަލުވުމުގައި އަޟްޙާ އީދުގެ ހެޔޮއެދުންތައް ބަދަލުކުރެއްވި ކަމަށާއި އެ ދެ ބޭފުޅުން ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުގައި ދެ ގައުމުގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދެއްކެވި ކަމަށް ސައުދީ މީޑީޔާގައި ރިޕޯޓުކޮށްފައިވެއެވެ.

އޭގެ އިތުރުން ވަލީއަހުދާއި ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްދަލުވުމުގައި ވެސް ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި އަދި އެ ދެ ބޭފުޅުން ވެސް އީދުގެ ތަހުނިޔާ ބަދަލުކުރެއްވި ކަމަށް ސައުދީ މީޑިއާ އިން ބުނެފައިވެއެވެ.

ރައީސް މުއިއްޒަށް ސައުދީ ވަލީޢަހުދާ ބައްދަލު މި ކުރެވުނީ ވަރަށް ދުވަހުގެ މަސައްކަތަށް ފަހުއެވެ. އެގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އުމްރާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ވެސް ވަލީއަހުދާ ބައްދަލުކުރެއްވުމަށް މަސައްކަތްކުރެއްވި ނަމަވެސް އެ ފަހަރު ބައްދަލުކުރެވިފައިނުވެއެވެ. އަދި ސައުދީ އާއިާގެ ޕްރިންސަކާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުން ދާދި ފަހުން ސައުދީ ވިޔަފާރިވެރިއަކާ ބައްދަލުކުރުވިކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved