May 6, 2026
Advertisement
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި / ސޯޝަލް މީޑިއާ

މިއަދު ވެސް ރާއްޖޭގެ މޫސުން ގަދަވާނެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 9, 2025, 07:30 PM
މާލެ ސިޓީ

މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފި އެވެ.

Advertisement

މެޓް އޮފީހުން ބުނެފައި ވާގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން ހުޅަނގާއޮ ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ބާރުމިނުގައިވައިޖެހޭނެ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓު އޮފީހުން ބުނެފައި ވެއެވެ.

ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދު އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved