theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފަލަސްތީނުގެ މަންމައެއް / ސޯޝަލް މީޑިއާ
ދުނިޔެ
ފަލަސްތީނުގެ ކުޑަކުދިންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ފްރާންސް ގައި އިހްތިޖާޖީ ހަރަކާތްތަކެއް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
09 ޖޫން 2025
މާލެ ސިޓީ

ފަލަސްތީނުގެ ކުޑަކުދިންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ފްރާންސްގެ މަންމައިން ޖޫން 15 ވަނަ ދުވަހު އިލިސީ ގަނޑުވަރު ކުރިމަތީގައި އިހްތިޖާޖީ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

މީގެ މައިގަނޑު މަޤްސަދަކީ ސަހްޔޫނީއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށާއި، އަދި މި އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލުމުގެ މަގުސަދުގައި ކަން އެނގިފައިވެއެވެ.

މި އިހްތިޖާޖުގައި ބައިވެރި ވާން ބޭނުންވާ ފަރާތް ތަކަށް ފްރާންސްގެ ނޫސް ވެބްސައިޓް އެއް ކަމަށް ވާ ޕޮލިޓިސް އިން ލިންކްއެއް ހިއްސާ ކޮއްފައި ވެއެވެ.

ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓާއި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ނިންމުންތަކާއި، ނަސްލު ހަލާކުކުރުން މަނާކުރާ މުޢާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން، ސަހްޔޫނީއާއި އެތަނުގެ ވެރިންނަށް ދެކޮޅަށް ފިޔަވަޅު އެޅުމަށް ފްރާންސްގެ ސަރުކާރަށް އެ މައިން ގޮވާލައިފައި ވެއެވެ.

މިފަދަ ހާދިސާއަކުން މަޔަކަށް އަރައިގަނެވޭނީ ކިހިނެއްތޯ؟ އާއިި އަދި މުޅި ޤައުމެއްގެ ކުޑަކުދިން ނިދާފައި ތިއްބާ މަރާލަމުންދާއިރު، ދުނިޔެ ހަމަހިމޭނުން ބަލަން ތިބޭނީ ކިހިނެއްތޯ؟ މިބީދައިން ފްރާންސްގެ މައިން ވަނީ ސުވާލު އުފައްދާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved