April 11, 2026
Advertisement
ދީނީ އިލްމުވެރިޔާ އިބްރާހީމް ފަރީދު: އޭނާ މިއަދު މެލޭޝިއާގައި ވަނީ އަވަހާރަވެފައި
ދީނީ އިލްމުވެރިޔާ އިބްރާހީމް ފަރީދު: އޭނާ މިއަދު މެލޭޝިއާގައި ވަނީ އަވަހާރަވެފައި / ފޭސްބުކް

ދީނީ އިލްމުވެރިޔާ ޝެއިހް ފަރީދު އަވަހަރާވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 10, 2025, 02:12 AM
މާލެ ސިޓީ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.

Advertisement

"ތޭރަ އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރީދު އަވަހާރަވީ މިއަދު މެލޭޝިއާއަށް ވަޑައިގެން، އެއާޕޯޓުގައި ހުންނަވަނިކޮށެވެ.

ފަރީދު އަވަހާރަވުމުގެ ކުރިން އާލާސްފުޅާ އުޅުއްވިކަން މިހާތަނަށް ކަށަަވަރުވެފައިނުވެއެވެ.

ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ދީނީ މައުލޫމާތު ހިއްސާކުރައްވަމުން ގެންދެވި ފަރީދު މިދިޔަ ބުރާސްފަތި ދުވަހު ވެސް، އަރަފާތު ދުވަހާ ގުޅުވައި ވީޑިއޯއެއް ހިއްސާކުރައްވައިފައިވެއެވެ.

މީގެ އިތުރުން އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުނު ބޭފުޅެކެވެ. މަޝްހޫރު އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ޝެއިހް ހިމެނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved