theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އެޅުން -- ވީޑިއޯ ޝޮޓް/ ޚިދުމަތް ޖަމިއްޔާ / ވީޑިއޯ ސްކްރީން ޝޮޓް
ހަބަރު
ޝެއިޚް ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ޖޫން 2025
މާލެ ސިޓީ

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް މި މަހު 9 ވަނަ ދުވަހު ވަޑައިގެންތަކާ އެ ގައުމުގެ އެއާޕޯޓުގައި އަވަހާރަވި ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަނީ ދަރުސް ދެއްވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ފަރީދު ކުރެއްވި ހިދުމަތް ޖަމިއްޔާއިންނެވެ.

އާންމުންގެ އެހީއާ އެކު ބިނާކުރާ މިސްކިތުގެ ބިންގާ އަޅާ ވީޑިއޯއެއް އެ ޖަމިއްޔާއިން ވަނީ އާންމުކޮށްފަ އެވެ. ބިންގާ އަޅައިދިނީ ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި މުހައްމަދު ފަރީދު އެވެ.

އެ ދެބެއިން ވަނީ، އެ މިސްކިތުގެ ބިންގާ އެޅިފައިވާއިރު، މިސްކިތް ބިނާކުރުމަށް ދިވެހީންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް އާއިލާއާއި، ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޝުކުރު އަދައިކޮށްފައެވެ.

ބަންގްލަދޭޝްގައި ބިންގާއެޅުމަށް ތައްޔާރުވެފައިވާ މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅަނީ 455 މީހުންނަށް ނަމާދުކުރަން ވަދެވޭ، 255 އަކަފޫޓުގެ ޖާގައިގެ މިސްކިތެކެވެ.

ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved